އދ. އިން ގަބޫލު ކުރާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ކަށަވަރު ކުރުމަށް މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން ފުރަތަމަ ފަހަރަށް ވޮލަންޓަރީ ލޯކަލް ރިވިއު ސެޝަންތަކެއް ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ ސެޝަންތަކުގެ ތެރެއިން އދ. ގެ އެޖެންސީތަކާއި ސަރުކާރުގެ ކަމާ ގުޅުންހުރި ފަރާތްތަކާ ވެސް ބައްދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
ވޮލަންޓަރީ ލޯކަލް ރިވިއު ސެޝަންތަކަކީ އދ. އިން ގަބޫލު ކުރާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ދެނެގަނެ، އެ މަގަށް މަސައްކަތް ކުރުމަށް ކުރިއަށް ގެންދާ ސެޝަންތަކެކެވެ. މިއީ މިފަދަ ސެޝަންތަކެއް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.
އެ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ސެޝަންތަކުގެ ލިބޭ މައުލޫމާތުގެ އަލީގައި ކުރިއަށް އޮތް ތަނުގައި އެ ކައުންސިލުގެ ސްޓެރެޓެޖިކް ޕްލޭންތައް އެކުލަވައިލުމުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް މަގުފަހި ކުރާނެ ކަމަށެވެ.
ވޮލަންޓަރީ ލޯކަލް ރިވިއު ސެޝަންތައް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދަނީ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ޕެސިފިކްގެ އެއްބާރުލުމާއެކު އެވެ.
މާލެ ސިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް ވޮލަންޓަރީ ލޯކަލް ރިވިއު ސެޝަންތަކެއް ފަށައިފި މާލެ ސިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް ވޮލަންޓަރީ ލޯކަލް ރިވިއު ސެޝަންތަކެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ