ޔޫއޭއީން ޔަގީންކަން ނުދޭތީ ޕާކިސްތާން ކްރިކެޓް ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި ޔޫއޭއީން ޔަގީންކަން ނުދޭތީ ޕާކިސްތާން ކްރިކެޓް ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި

އިސްލާމްއާބާދު، ޕާކިސްތާން (މެއި 10) - އިންޑިއާ އާއި ޕާކިސްތާންގެ ދެމެދުގައި މިހާރު ބަދަލުކުރަމުން އަންނަ ވައިގެ ހަމަލާތަކުގެ ސަބަބުން، ޕާކިސްތާންގެ ފްރެންޗައިސް ކްރިކެޓް ލީގު، ޕާކިސްތާން ސުޕަ ލީގުގެ ބާކީ މެޗުތައް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ބަދަލުކުރުމުގައި ގޮތެއް ނުނިމޭތީ މުބާރާތް މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި އެވެ.
ކަޝްމީރުގެ ޕަހަލްގަމްގައި ޓޫރިސްޓުން ގޮސް އުޅޭ ހިސާބެއްގައި އާންމުންނަށް އަމާޒުކޮށް މިދިޔަ މަހު 22، ގައި ދިން ހަމަލާގެ ޒިންމާ އިންޑިއާއިން އަޅުވަނީ ޕާކިސްތާނުގެ ބޮލުގަ އެވެ.
ޖުމްލަ އެކު، 26 މީހުން މަރުވި މި ހަމަލާ ޕާކިސްތާނުގެ ބައިވެރިވުން އޮންނަ ކަމަށް ކުރާ އެ ތުހުމަތުތައް އެ ގައުމުން ދޮގުކުރެ އެވެ. މި މައްސަލަ ހޫނުވެ، ޕަހަލްގަމްގެ މި ޓެރަރިސްޓު ހަމަލާއާ ގުޅިގެން، އިންޑިއާ އާއި ޕާކިސްތާނުން އަންނަނީ ވައިގެ މަގުން ހަމަލާ ބަދަލުކުރަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު، ޕާކިސްތާން ކްރިކެޓް ބޯޑުން ވަނީ، ސުޕަ ލީގުގެ ބާކީ އޮތް އަށް މެޗު ޔޫއޭއީ އަށް ބަދަލުކުރަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. އޭގެ ފަހުން، ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ޔޫއޭއީ އަށް ދިޔަ ފަހުން، ޕާކިސްތާން ކްރިކެޓް ބޯޑުން މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ނިންމީ، މުބާރާތުގެ ބާކީ މެޗުތައް ހޯސްޓްކުރެވޭނެ ސީދާ މުއްދަތެއްގެ ޔަގީންކަން ދޭން ޔޫއޭއީން ދެކޮޅު ހެދުމުންނެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި، ޔޫއޭއީގެ ކްރިކެޓް ބޯޑުން ޕާކިސްތާން ސުޕަ ލީގުގެ ބާކީ މެޗުތައް ހޯސްޓްކުރަން ދެކޮޅު ހެދީ، އިންޑިއާގެ ކްރިކެޓް ބޯޑާ ގުޅުން ގޯސްވާން ނޭދޭތީ އެވެ. އެކަމަކު، ޔޫއޭއީގެ ކްރިކެޓް ބޯޑުން ބީބީސީ އަށް ޔަގީންކޮށްދިން ގޮތުގައި، ޕާކިސްތާން ސުޕަ ލީގު މެޗުތައް ޔޫއޭއީގައި ހޯސްޓް ނުކުރެވޭނެ ކަމަށް އަންގާފައިނުވެ އެވެ.
ޕާކިސްތާން ސުޕަ ލީގު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، އިންޑިއާގައި މިހާރު ކުރިއަށްދާ މަޝްހޫރު ފްރެންޗައިސް ކްރިކެޓް މުބާރާތް، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ވަނީ ހަފްތާ އަކަށް ސަސްޕެންޑްކޮށްފަ އެވެ. އައިޕީއެލްގައި ބާކީ 16 މެޗު އެބައޮތެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ