އާސަންދައިގެ ދަށުން އަމްރީތާ ހޮސްޕިޓަލަށް ބަލިމީހުން ފޮނުވުން މެދުކަނޑާލައިފި
ދިވެހިރާއްޖެ އާއި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އާސަންދައިގެ ދަށުން އެ ހޮސްޕިޓަލަށް ބަލިމީހުން ފޮނުވުން މެދުކަނޑާލައިފި އެވެ.އާސަންދަ އިން މިއަދު ބުނީ ކޮޗިންގައި ހުންނަ ހޮސްޕިޓަލާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އާ ކޭސްތަކުގައި ހިމެނޭ މީހުން އެ ހޮސްޕިޓަލަށް ނުފޮނުވާ ކަމަށެވެ. އެހެންވެ، އެއްބަސްވުމުގައި ސޮއިކުރުމަށް މުރާޖައާ ކުރަމުން އަންނަ ކަމަށެވެ.އަމްރީތާ ހޮސްޕިޓަލަށް އަލުން އާ ބަލިމީހުން ފޮނުވަން ފެށޭނެ ވަކި ތާރީހެއް އާސަންދަ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެ އެވެ. މީގެ ކުރިންވެސް ރާއްޖެއިން ބޭރުގެ ބައެއް ހޮސްޕިޓަލްތަކުން އެކި ސަބަބުތަކާ ހުރެ އާސަންދައިގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައި ވެއެވެ.އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަކީ އާސަންދައިގެ ދަށުން ވަރަށް ގިނަ ބަލިމީހުން ފަރުވާ ހޯދަންދާ ހޮސްޕިޓަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ