އިދިކޮޅު ފަރާތްތަކަށް ރައްޔިތުން މިހާރު އިޖާބައެއް ނުދޭކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިނިވަންދުވަހުގެ ރަސްމީ ކުޅިވަރުތައް ބެއްލެވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރާއި ރައީސް އަބްދުﷲ ޔާމީން ގަލޮޅު ދަނޑުގައި ތިއްބަވަނިކޮށް މުޒާހަރާ ކުރުމަށް އިދިކޮޅުފަރާތްތަކުން ހަވަރު އެއްކުރުމަށް މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް އެމުޒާހަރާއަށް އެއްވެސް ރައްޔިތަކު އިޖާބަނު ދެއްވާފައި ނުވުމުން އެނގިގެންދިޔައީ މިއަދުގެ ސަރުކާރުން ޤައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ދިވެހި ރައްޔިތުން ތާއީދު ކުރައްވާ މިންވަރު ކަމަށެވެ.
އަދި އިދިކޮޅު ފަރާތްތަކުގެ އިސްސަފުގައި މިއަދު ތިއްބެވީ ފާއިތުވި 35 އަހަރުގެ އެންމެބޮޑު ބައިގައި މިޤައުމު ހިންގަންތިބި ވެރިން ކަމަށްވީ ހިނދު އެފަރާތްތަކުގެ ގޮވެއްޔަށް ރައްޔިތުން އިޖާބަނުދޭކަމަކީ ރައްޔިތުން މިއަދު އެފަރާތްތަކުން އެއިރު ގެންގުޅުނު ޕޮލިޓިކްސް ބަލައިނުގަންނަ ކަމުގެ ހެއްކެއް ކަމުގައި މި ބަޔާނުގައި ވަނީ ބުނެފައެވެ.
އިދިކޮޅު ފަރާތްތަކަށް ރައްޔިތުން މިހާރު އިޖާބައެއް ނުދޭނެ: ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ