ރާއްޖޭ އަށް ނިރުބަވެރި ހަމަލާއެއް ދީފާނެ ކަމަށް ބުނެ ނެރޭ އެޑްވައިޒަރީތައް "ސީރިއަސް" ކޮށް ނަގަންޖެހޭ ކަމަަށް އދގެ ޚާއްސަ ރެޕަޓުއަރ އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. އަހުމަދު ޝަހީދު މިހެން ވިދާޅުވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޓެގް ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ. ޝަހީދުގެ ޓުވީޓްގައި ވަނީ ރާއްޖެ އަށް ހަމަލާއެއް ދީފާނެ ކަމަށް ބުނެ ބޭރުގައުމު ތަކުން ނެރޭ އެޑްވައިޒަރީތަށް ޝީރިއަސްކޮށް ނަގަން ޖެހޭ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.
ޑރ ޝަހީދު މިހެން ވިދާޅުވެފައިވާއިރު ރާއްޖެ އައުން ރައްކާތެރި ނޫން ކަމަށް ބުނެ ބޭރު ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީތައް ގިނަ ފަހަރަށް ނެރެނީ ރާއްޖެއާ ގުޅޭގޮތުން ފަތުރާ ނޭދެވޭ ވާހަކަތަކުގެ ސަބަބުން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އިއްޔެ ވަނީ ވިދާޅުވެފައެވެ.
ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ން ކޯސްޓްގާޑް ބިލްޑިންގުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ކަންކަން ހިނގާ މިންވަރަށް ވުރެ ބޮޑަށް ސޯޝަލް މީޑިއާގައި ނޭދެވޭ ވާހަކަ ދައްކާނަމަ ބޭރު ގައުމުތަކުން އެކަން ބަލާނެ ކަމަށެވެ. އަދި އެއީ އެގައުމުތަކުން މީހުން ރާއްޖެ އައުމުގައި ސަމާލުވާން އަންގާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގައި ޓެރަރިސްޓު ހަމަލައެއް ދީފާނެތީ، އެމެރިކާއިން އަންނަ ޓޫރިސްޓުން ސަމާލުވުމަށް އެ ގައުމުގެ ސްޓޭޓް ޑިޕާޓްމެންޓުން ޓްރެވަލް އެޑްވައިޒަރީ ނެރެފައި ވަނިކޮށެވެ.
މިދިޔަ ބުދަ ދުވަހު ނެރުނު މި ޓްރެވެލް އެޑްވައިޒަރީގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ ރާއްޖޭގެ ވަކިވަކި ރަށްރަށުގައި ވެސް ޓެރަރިސްޓް ހަމަަލައެއް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި އެ ހާލަތުގައި ސަރުކާރުގެ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދިނުން އަވަސް ނުވެދާނެ ކަމަށް ވެސް އެ އެޑްވައިޒަރީގައިވެ އެވެ.
ނިރުބަވެރި ހަމަލާއެއް ދީފާނެ ކަމަށް ބުނެ ނެރޭ އެޑްވައިޒަރީތައް "ސީރިއަސް" ކޮށް ނަގަންޖެހޭ - ޑރ ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ