މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި

މިހާރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގެ މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 19:00 އިން ފެށިގެން 00:00 އަށެވެ. މެޓް އޮފީހުން ވިދާޅުވީ މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގެ ވިލާގަނޑުގައި 10 މޭލް ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ކުރިއަށް އޮތް 24 ގަޑިއިރު މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވާ ކަމަށާއި ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެއިދާރާއިން މައުލޫމާތުދެއްވައެވެ.
ދެކުނުގެ އަތޮޅުތަކަށް ވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މައުލޫމާތުދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ