އަބްދުﷲ ޝާހިދުގެ ކެމްޕޭން އޮފީހަށް ގެއްލުން ދީފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ކެމްޕޭން އޮފީހުގެ ބިއްލޫރިގަނޑު ބަޔަކު ރޭ ތަޅާލައިފި އެވެ.
މި މަހުގެ 22 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ޝާހިދުގެ އަމިއްލަފުޅު ގެ، ހ. ރަބީއީމަންޒިލްގައި ހުންނަ ކެމްޕޭން އޮފީހުގެ ބިއްލޫރިގަނޑު ތަޅާލީ ރޭ މެންދަމު 3:00 އާއި 4:00 ދެމެދުގައި ކަމަށް، ކެމްޕޭން އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ. އަދި މި މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހަމަލާ ކުށްވެރިކުރައްވަމުން މަޖިލީހުގެ ރައީސް ޝާހިދު ވިދާޅުވީ "ޑިމޮކްރަސީއާ ބީރައްޓެހި ފަރާތްތްތަކުން ކުރާ މިފަދަ އަމަލުތައް ހުއްޓާލާ، ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ފަރިތަވުން މުހިންމު" ކަމަށެވެ.
ޝާހިދުގެ ކެމްޕޭން ބެނާތަކެއް ވެސް މީގެ ކުރިން ހަލާކުކޮށްލާފައިވެ އެވެ. އެ މައްސަލަ އެމަނިކުފާނު އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހެޅުއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ