ގަވާއިދާ ޚިލާފަށް އުޅުނު ބަންގްލަދޭޝް ބަޔަކު ފުވައްމުލަކަށް އަރަން ދިއުމުން އެރަށު ރައްޔިތުން ނުކުމެ އެ މީހުން ހިފަހައްޓައިފި

ގަވާއިދާ ޚިލާފަށް އުޅުނު ބަންގްލަދޭޝް ބަޔަކު ޏ. ފުވައްމުލަކަށް އަރަށް ދިއުމުން އެރަށު ރައްޔިތުން ނުކުމެ އެ މީހުން ހިފަހައްޓައިފި އެވެ.ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހިމް މިއަދު ވިދާޅުވީ ފުވައްމުލަކަށް އަރަންދިޔަ 42 ބަންގްލަދޭޝް މީހުންނަކީ ގއ. އާއި ގދ. ގައި ވެސް މަސައްކަތްކޮށްފައިވާ ބައެއް ކަމަށާއި އަދި އެ ދެ އަތޮޅުގެ ބައެއް ރަށްރަށުން ވެސް އެމީހުންގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އިލްޔާސް ވިދާޅުވީ ފުވައްމުލަކުގައި އެމައްސަލަ ދިމާވީ އިއްޔެ އެމީހުން އެރަށަށް އަރަން ދިއުމުން ގަވާއިދާ ޚިލާފަށް އުޅޭ ބައެއް އެރަށަށް އަރުވަން ރައްޔިތުންގެ ތެރެއިން ބަޔަކު ބޭނުން ނުވުމުން ކަމަށެވެ.އިލްޔާސް ވިދާޅުވީ އެއިން އެއްވެސް މީހެއްގެ އަތުގައި ވޯކް ޕާމިޓް ކާޑެއް ނެތް ކަމަށް. އަދި އޭގެ ތެރެއިން ގިނަ މީހުންގެ އަތުގައި އެއްވެސް ލިޔެކިއުމެއް ނެތް އިރު އެކި މީހުން ކައިރީ އެމީހުން ބުނަމުން ދަނީ އެކި ނަންނަން ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. އިލްޔާސް ވިދާޅުވީ ބައެއް މީހުންގެ އަތުގައި ކޮންމެވެސް ވަރަކަށް ފޮޓޯ ކޮޕީ ޕާސްޕޯޓު އޮތް ކަމަށެވެ.އިލްޔާސް އިތުރަށް ވިދާޅުވީ އެމީހުން މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމީހުންނާ ހަވާލުވާނެ ދިވެއްސެއް ނެތްނަމަ ދެން ޖެހޭނީ އެމީހުން ފޮނުވާލަން ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.އިލްޔާސް ވިދާޅުވީ މިހާރު ގިނަ މީހުން އެގޮތަށް އުޅޭ މީހުން ލައްވާ މަސައްކަތް ކުރުވަން ބޭނުން ނުވެގެން ފޮނުވާލި ނަމަވެސް އެއްވެސް ދިވެއްސެއް ހަވާލުނުވާނަމަ އެމީހުންނަށް ވޯކް ވިސާ އެއް ނުދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ