ރައްޔިތުންގެ މައްޗަށް ގަދަ ބާރު ދައްކައި އަނިޔާވެރިވެގެން ރައްޔިތުން ނުހުއްޓުވޭނެ ކަމަށާއި ރައްޔިތުން ހުއްޓުވަން ބޭނުންނަމަ ސަރުކާރަށް ޖެހޭނީ ޤާނޫނު އަސާސީއަށް އަމަލުކުރަން ކަމަށް ކުރީގެ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޑރ. އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. އިބްރާހީމް ދީދީ (ޑީޑީ) މިހެން ވިދާޅުވެފައިވަނީ ފުލުހުން ރޭ ސީދާ އޭނަ އަށް އަމާޒުކޮށް ޕޭޕަސްޕްރޭ ޖަހާފައިވަނިކޮށެވެ.
ޑރ ޑީޑީ އަށް ސީދާ އަމާޒުކޮށް އޭނާގެ މޫނަށް ވާގޮތަށް ފުލުހުންް މިރޭ ޕެޕާސްޕްރޭ ޖަހާފައިވަނީ، އަންހެނުން ގޮވައިގެން ބާޒާރަށް ގޮސް ހުންނަވަނިކޮށެވެ.
ޑރ. ޑީޑީ ވިދާޅުވީ މަޖީދީ މަގުގައި ހުންނެވީ މުޒާހަރާއަށް ނުކުމެވަޑައިގެން ނޫން ކަމަށާއި ހުންނެވީ އަނބިކަނބަލުން ފިހާރައަކުން ނުކުމެ ވަޑައިގަންނަވަންދެން ކަމަށް ފުލުހުންނަށް ދެންނެވި ކަމަށެވެ. އެހެންކަމާއިއެކުވެސް ކުރިއަށް ވަޑައިގަންނަވަން އެންގެވުމުން ވަޑައިގަތިން ކަމަށެވެ.
"އެހެން ހުއްޓާ އަޅުގަނޑަށް ހީވަނީ އަޅުގަނޑު ދައްކާފަ ސީދާ އަޅުގަނޑު ގައަށް ޕެޕަރސްޕްރޭ ޖަހަން އެންގީހެން. ފުލުހަކު އައިސް ސީދާ އަޅުގަނޑަށް އަމާޒުކޮށް ޕެޕަރސްޕްރޭ ޖެހީ." ކަމަށްވެސް ޑރ. އިބްރާހީމް ދީދީ ވިދާޅުވިއެވެ.
އެހެންކަމުން މާސްކް އަޅުއްވައިގެން ނަމަވެސް ދެން ކޮންމެރެއަކު ވެސް މުޒާހަރާތަކަށް ނުކުންނަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ
ޑރ. ޑީޑީ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މައްޗަށް ގަދަ ބާރު ދައްކައި އަނިޔާވެރިވެގެން ރައްޔިތުން ނުހުއްޓުވޭނެ ކަމަށާއި ރައްޔިތުން ހުއްޓުވަން ބޭނުންނަމަ ސަރުކާރަށް ޖެހޭނީ ޤާނޫނު އަސާސީއަށް އަމަލުކުރަން ކަމަށެވެ.
ރައްޔިތުން ނުހުއްޓުވޭނެ، ހުއްޓުވާނަމަ ގާނޫނު އަސާސީއަށް އަމަލުކުރޭ: ޑރ. ޑީޑީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ