މެމްބަރު ސިނާން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

ފުލުހުން މިއަދު ހޯދަން އިއުލާންކުރި ދެ ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
ފުލުސް އޮފީހަށް އަމިއްލަ އަށް ވަޑައިގެން ސިނާން ފުލުހުންނާ ހަވާލުވެ ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައި އެވެ.
ސިނާން ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ
މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލުމަށް ރިޝްވަތުގެ ފައިސާ ނަގައި، ސަރުކާރު ވައްޓާލަން ރޭވުމުގެ ތުހުމަތެވެ.
ސިނާންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހޯދަން ފުލުހުން އިއުލާންކުރީ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
ސިނާނާއި އިލްހާމް ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު މިދިޔަ ހަފުތާގައި ރާއްޖެ ވަޑައިގަތުމާ އެކު އެ ދެ ބޭފުޅުން ފުލުހުން ހައްޔަރުކުރި އެވެ. އެކަމަކު ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެ ދެ ބޭފުޅުން މިނިވަންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ