މިނިވަން 50 ކޮރަޕްޝަން ތުހުމަތުތައް: ދެ ސަރުކާާރަށްވެސް ފެނުނީ ހަމަ ހުދު ވަލެއް: އުމަރު

2015ވަނަ އަހަރުގެ ތެރޭގައި ފާހަގަކުރެވިގެންދިޔަ މިނިވަން 50ގެ ހަރަކާާތްތަކުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް އަަމަލެއް ހިންގާފައި ނުވާކަމަށް އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓެއްގައި އުމަރު ނަސީރު ވިދާޅުވީ މިނިވަން 50ގެ ނަމުގައި ހޯމް މިނިސްޓްރީން ހިންގި އެއްވެސް ކަމެއްގައި ކޮރަޕްޝަނެއް އޮތްނަމަ އެކަން ނިމުނުތާާ ފަސް އަހަރު ފަހުން، ކޮންމެވެސް އެއްޗެެއް ފެނި ދައުވާކޮށް ހުކުމްކުރާާނެކަމަށެވެ.
އެބޭފުޅާ ގައިގައި ހިފޭތޯ ދެ ސަރުކާރުންވެސް ބަލައި ހާވައިފިކަމަށާއި ދެ ސަރުކާާރަށްވެސް ފެނުނީ ހަމަ ހުދު ވަލެއްކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ ސަރުކާރަށް ތާއިދުކުރާ މީޑިޔާގައި މަހަކު އެއްފަހަރު ޚަބަރެއް ހެދިދާނެކަމަށާއި، ނަމަވެސް ގާނޫނީ ކުށެއް ނުދެއްކޭނެ ކަމަށެވެ.
"އަޅުގަނޑުގެ ކުންފުންޏެއް، އަންބެއް، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެއްވެސް މަސައްކަތެއް ދީފައެއް ނޯންނާނެ. މަސައްކަތްތައް ހަވާލުކުރީ އެންމެ ގާބިލް ފަރާތްތަކާ. ހުރިހާ ފަރާތްތަކުން ގަޑިއަށް މަސައްކަތްތައް ނިންމައި މުޅި ރާއްޖެ ފަޚުރުވެރިވާ ވަރުގެ އީދަކަށް މިނިވަން 50 ހެދިން"، އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ