"މައުމޫން ރިފޯމް މޫވްމެންޓު(އެމްއާރުއެމް)" ހަރަކާތްތެރިވާން ފަށައިފި

އިދިކޮޅު ފަރާތްތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރަމުންދާ ކެމްޕޭންގައި ގުޅިފައިވާ އިއްތިހާދުގައި ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރާ ފަރާތްތަކުން "މައުމޫން ރިފޯމް މޫވްމެންޓު(އެމްއާރުއެމް)"ގެ ނަމުގައި ހަރަކާތްތެރިވާން މިއަދު ފަށައިފިއެވެ.
މައުމޫން ރިފޯމް މޫވްމެންޓުން އެންމެ ފުރަތަމަ ފެނިގެންގޮސްފައިމިވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންމޭޓު ފައިސަލް ނަސީމުގެ ފޯމު ހުށަހަޅަން އިދިކޮޅު ފަރާތްތަކުން މިއަދު ހިންގި ހަރަކާތްތަކުގެ ތެރެއިންނެވެ. އަދި މިއީ އެނަމުގައި ރަސްމީކޮށް މަސައްކަތަށް ނުކުތް ފުރަތަމަ ފަހަރެވެ.
ރައީސް މައުމޫނުގެ އަރިހުގައި އިސްކޮށް މަސައްކަތް ކުރެއްވި އަދި މިހާރުވެސް އެމަސައްކަތުގައި ހުންނެވި އަލީމް ވިދާޅުވީ މިއަދުން ފެށިގެން އިދިކޮޅު ހަރަކާތްތަކުގައި ރައީސް މައުމޫން ތަމްސީލު ކުރާ ފަރާތްތަކުން ބައިވެރިވާނީ އެމްއާރުއެމްގެ ނަމުގައި ކަމަށެވެ.
އިދިކޮޅު އިއްތިހާދުގެގެ ކެންޑިޑޭޓުން ފޯމު ހުށަހަޅަން އެމްޑީޕީ އޮފީސް ކުރިމަތިން އިލެކްޝަނާ ހަމައަށް ހިނގާފައި ދިޔަ އިރު އެ ހަރަކާތުގައި މައުމޫން ރިފޯމް މޫވްމެންޓްގެ ނަމުގައި ރައީސް މައުމޫނަށް ތާއީދު ކުރާ ފަރާތްތަކުން ބައިވެރިވީ އެމްއާރުއެމް ޖަހާފައިވާ އަސުރުމާ ކުލައިގެ ދިދަތަކާއެކުއެވެ.
އަސުރުމާ ކުލައަކީ ރައީސްމައުމޫން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީ, މިހާރުގެ ވެރިކަންކުރާ ޕާޓީ ޕީޕީއެމް ގެ ވެސް ރަސްމީ ކުލައެވެ. ރައީސް މައުމޫން ޕީޕީއެމުން ވަކިކޮށްފައިވަނީ ރައީސް ޔާމީނާއި ދެބޭފުޅުންގެ އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ނައިސް ގިނަ ދުވަސްތަކަށް ފަހުއެވެ. އެއާހިސަބުން ރައީސް މައުމޫން ވަނީ ރިފޯމު ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އުފައްދަވައިގެން މަސައްކަތްތަކެއް ވެސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ