އަދީބް ޕާޓީން ވަކިކުރީ ރަނގަޅަށް - މައުމޫން

ރިޔާސީ
ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ
ނައިބް ރައީސް އަހުމަދު އަދީބް ޕީޕީއެމުން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށާއި
ޕާޓީން ވަކިކުރަން ޖެހޭކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ޕީޕީއެމްގެ ރައީސް އަދި
ކުރީގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ބެންގަލޫރުގައި ހުންނަ
ގާޑަން ސިޓީ ކޮލެޖުގެ ދައުވަތަކަށް އެ ކޮލެޖްގެ ހަފުލާއެއްގައި ބައިވެރިވެ ވަޑައިގަތުމަށް
މިއަދު މެންދުރު ފަހު ރާއްޖޭން ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓުގައި ނޫސްވެރިންނާ
ބައްދަލުކުރައްވާ މައުމޫން ވިދާޅުވީ އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން
ޖަވާބުދާރީވުމުގެ ފުރުސަތު ނައިބު ރައީސަށް ދީފައި ނުވި ނަމަވެސް، ޕާޓީގެ ގަވައިދު
ބުނާގޮތުން ސުލޫކީ ކޮމެޓީން އެވަގުތާ ގުޅޭގޮތުން ގޮތް ނިންމިދާނެކަމަށެވެ . 
އަދީބު
ޕާޓީން ވަކިކުރީ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް މަސައްކަތް
ކުރުމުން ކަމަށް މައުމޫން ވިދާޅުވިއެވެ. އެހެންކަމުން ނާއިބް ރައީސް އަހްމަދު
އަދީބު ޕީޕީއެމްގެ މެމްބަރުކަމުން ވަކި ކުރައްވައި އެމަނިކުފާނުގެ މައްޗަށް
އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ޕީޖީ ގްރޫޕުން ނިންމި ނިންމުންވެސް
ޤަބޫލުކުރައްވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
  މައުމޫން ވިދާޅުވީ މި ވަގުތަކީ ސަރުކާރު ބަލިކަށިވެފައިވާ
ވަގުތެއް ނޫން ކަމަށާއި މި ވަގުތު ޕާޓީގެ ހުރިހާ މެމްބަރުންވެސް އެކުގައި
މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ރައީސް މައުމޫނު
އިންޑިއާގެ ބެންގަލޫރަށް ކުރައްވާ ދަތުރުފުޅަކީ ބެންގަލޫރުގެ ގާޑަން ސިޓީ ޔުނިވާސިޓީން
އިންޑިއާގެ ކުރީގެ ރައީސް ޑރ.އޭޕީޖޭ އަބުދުލް ކަލާމްގެ ހަނދާނުގައި ބާއްވާ ޖަލްސާއެއް
ޝަރަފުވެރިކޮށްދެއްވާ ތަގުރީރު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ