ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފުލުހުންގެ އިދާރާއަށް ހާޟިރުކޮށް ކުރިޔަށް ގެންދާ ތަހުޤީޤުތައް ދެފުށްފެންނަ އިންސާފުވެރިގޮތެއްގައި ކުރިޔަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިޖުލައިމަހުގެ 24 ވަނަ ދުވަހު މަޖިލިސް ކުރާގެއަށް ވެދެވަޑައިގެންނެވި މައްސަލައިގައި، މަޖިލީހުގެ މެމްބަރުންތަކެއް ތަކުރާރުކޮށް ފުލުހުންގެ އިދާރާއަށް ހާޟިރުކޮށް ސުވާލުކޮށް ބަޔާންތައް ނަގަމުން ދާއިރު، ފަލާހު ވިދާޅުވީ، އެތަހުޤީޤުތައް ވީހާވެސް އިންސާފުވެރިކަމާއި އެކު ދެފުށްފެންނަ ގޮތެއްގެ މަތިން ކުރިޔަށް ގެންދިޔުމަށް އެދިވަޑައިގަންނަވާކަމަށެވެ.
ރޭ 9:30 ގައި ފުލުހުންގެ އިދާރާއަށް ހާޟިރުވެ ވަޑައިގެންނެވުމަށް ފަހު، 4 ގަޑިއެއްހާ އިރު ފުލުހުންެގެ މަރުކަޒުގައި ހޭދަކުރައްވައި ނުކުމެވަޑައިގެން ފަލާހު ވިދާޅުވީ، ފުލުހުންގެ ތަހުޤީޤުތައް ކުރިޔަށް ގެންދާގޮތުން އެތަހުޤީޤުތަކަކީ، ސީދާ ވަކިބޭފުޅަކު ވަކިގޮތަކަށް އަންގަަވައިގެން ކުރިޔަށް ގެންދާ ތަހުޤީޤެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
އަލަށް އަމަލުކުރަން ފެށި ޖިނާއީ އިޖުރާތުގެ ޤާނޫނުގެ ދަށުން ތަޙުޤީޤަކަށް ހާޟިރުކުރާ މީހެއްގެ ބަޔާން ނެގުމަށް ހޭދަވާ ވަގުތު 4 ގަޑީއިރަށްވުރެ ދިގު ނުކުރެވޭތީ، މިއަދުގެ 11:00 ޖަހާއިރަށް އަލުން ފުލުހުންގެ އިދާރާއަށް ހާޟިރުވުމަށް ފަލާހަށް ވަނީ އަންގާފައެވެ.
ފަލާހު ވިދާޅުވީ، ރޭގެ 9:30 އަށް އޭނާ ފުލުހުންގެ އިދާރާއަށް ހާޟިރުކުރި ނަމަވެސް ތަހުޤީޤު ފަށާފައި ވަނީ ދެގަޑިއެއްހާ އިރު ފަހުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ފުލުހުންގެ އިދާރާއަށް ހާޟިރުކޮށް އެކި ޖިނާއީ ތުހުމަތުތައްކޮށް ތަޙުޤީޤުތައް ހިންގަނީ ސިޔާސީ ބޭނުމުގައި ކަމުގައި އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.
މެމްބަރުގެ ތަހުގީގުތައް އިންސާފުވެރިގޮތަށް ކުރިޔަށް ގެންދިޔުމަށް މެމްބަރު ފަލާހު ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ