މެމްބަރު ސައުދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ގއ. ވިލިނގިލީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ސައުދު ހުސެއިން ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.
އޭނާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައި ވަނީ އަންނަ ބުރާސްފަތިދުވަހުގެ ރޭ 8:30 އަށެވެ. ސައުދުއާ ގުޅޭ ގޮތުން ތަހުގީގުކުރާ ވަކި މައްސަލައެއް ފުލުހުން ނުބުނެ އެވެ. ޗިޓްގައި ބުނެފައިވާ ގޮތުން ނަމަ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރަނީ އެތަނަށް ހުށަހެޅުމާ ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލަ އަކަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވާތީ، މިދިޔަ އޭޕްރީލްމަހު ސައުދު ޕީޕީއެމުން ވަކިކޮށްފައިވާއިރު، އޭނާ އެރުއްވީ އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ޖަލްސާތަކުގައި ވެސް އޭނާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ