ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެންބަރުކަމުން ވަކިވާނެ ހާލަތްތައް ޤާނޫނުއަސާސީން ވަރަށް ސާފު ކަމަށާއި، އެކަމަށް އިތުރު ތަރުޖަމާއެއް ބޭނުން ނުވާކަމަށް، ކުރީގެ ރައީސް މައުމޫނު އަބުދުލްޣައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ މެންބަރުން، މެންބަރުކަމުން ވަކިވާ ހާލަތްތައް ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް އިތުރު ތަރުޖަމާއެއް ބޭނުން ނުވާކަމަށެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ބަންޑާރަ ނައިބް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ދަނޑިވަޅެއްގައެވެ.
މި މައްސަލައާއި ޤާނޫނީ ބޭފުޅުންނާއި ބައެއް މަޖިލިސް މެންބަރުންނާއި އާއްމު ރައްޔިތުންގެ ނުރުހުމާއި ފާޑުކިއުން ބަންޑާރަ ނައިބް މުހައްމަދު އަނިލް އަށް ވަނީ އަމާޒުވެފަ އެވެ.
އެހެންނަމަވެސް ޕީޕީއެމާއި އެމްޑީއޭގެ ސަރުކާރު ހިންގާ ކޯލިޝަނުން ބަންޑާރާ ނައިބު ހުށައެޅުއްވި މައްސަލައަށްވަނީ ތާއީދުކޮށްފައެވެ.
މެންބަރުން ވަކިކުރުން ޤާނޫނު އަސާސީގައި ވަރަށް ސާފު, އިތުރު ތަރުޖަމާއެއް ބޭނުމެއް ނުވޭ - ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ