މޫސުން ގޯސްވެ ފަސް އަތޮޅަކަށް ޔެލޯ އެލާޓް

ރާއްޖެއަށް ކުރާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވެ ފަސް އަތޮޅަކަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ޔެލޯ އެލާޓް ނެރެފި އެވެ.
ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ. މޫސުން ގޯސްވެ އެ ފަސް އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވާއިރު މިއަދު އަށް އަތޮޅަށް ވައިޓް އެލާޓް ވަނީ ނެރިފަ އެވެ.
ޔެލޯ އެލާޓް ނެރިފައިވަނީ މިއަދު ހަވީރު 4:15 އަށެވެ. އަދި ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 4:30 ޖެހުމާއި ހަމައަށެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ އެ ވަގުތު ތަކުގައި އެ އަތޮޅު ތަކަށް ބޯކޮށް ވާރެ ވެހި ގުގުރާނެ ކަމަށް ލަފާ ކުރާ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.
އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިދުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރާ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކުރެ އެވެ.
ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ. ހާއްސަކޮށް ރޭގަނޑު ދަތުރުކުރާއިރު އަދި ބުރިޖާއި ހަައިވޭގެ އެއްގަމު ދަތުރުތަކަށްވެސް ސަމާލުވުމަށް އެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ