ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ކުޅުދުއްފުށީ ސިޓީގައި ހާއްސަ ހަވީރެއް ބާއްވައިފި އެވެ.
ގިނަ އަދަދެއްގެ އިސްރަށްވެހީން މިހަވީރުގައި ވަނީ ބައިވެރިވެފަ އެވެ. މިހަވީރަކީ ޑަބްލިއުޑީސީއާއި ރެޑް ކްރެސެންޓް އަދި ކޮމިއުނިޓީ ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ޑަބްލިއުޑީސީއިން އިސްނަގައިގެން އެމްއާރްސީ އަދި ކޮމިއުނިޓީ ސެންޓަރ ގުޅިގެން ބޭއްވި މިހަރަކާތުގައި 80 އެއްހާ މީހުން ބައިވެރިވެފައިވެއެވެ.
އިވެންޓްގައި ބައިވެރިވެލެއްްވި ޑަބްލިއުޑީސީގެ މެމްބަރުން-- ފޮޓޯ: ނަވާޒް
އިއްޔެގެ މި ހަވީރުގައި ތަފާތު ސްޓޯލްތަކާއި ކުޅިވަރު ކުޅެވޭނެ ގޮތްތައް ވަނީ ދުވަސްވީ މީހުންނަށް ފަހިކޮށްދީފަ އެވެ. އެގޮތުން ބްލަޑް ޕްރެޝަރ ބެލުމާއި ހަކުރު ޓެސްޓު ކުރުމާއި އިސްކޮޅާއި ބަރުދަންބެލުންވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
މިހަވީރުގައި ހިމެނިފައިވާ ކުޅިވަރުތަކުގެ ތެރޭގައި ތިންހަމަ އާއި ކެރަމްބޯޑާއި އޮށްވަޅުގޮނޑިއާއި ރާޒުވާ ފަދަ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ދުވަސްވީ މީހުންނަށް ފަހިކޮށްދީފައިވެ އެވެ. އަދި މީގެ އިތުރުން ދުވަސްވީ މީހުންގެ ހުނަރުތައް ދައްކާލަދީފައިވެ އެވެ.
މިފަދަ ހަވީރެއް ބޭއްވޭނީ ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެކީކަން ޑަބްލިއު ޑީސީގެ މެމްބަރުން ފާހަގަ ކުރެއެވެ. އެގޮތުން ޖެންޑަރ އިން މިހަރަކާތުގައި އަމަލީ ގޮތުން ބައިވެރި ނުވެވުނު ނަމަވެސް ދުވަސްވީ މީހުންނަށް ހަދިޔާ ފޯރުކޮށްދީފައިވެ އެވެ.
ކޮމިޓީގެ މިހަރަކާތް މިހާ ފުރިހަމައަށް ގެންދެވިފައިވާ ގޮތާއިމެދު މެމްބަރުން ހިތްހަމަޖެހޭކަން ފާހަގަ ކޮށްފައިވެ އެވެ. މިހަރަކާތުގައި މިވަގުތު ރަށުގައި ތިއްބެވި ކައުންސިލްގެ އެންމެހާ މެމްބަރުން ބައިވެރިވެފައިވެ އެވެ.
ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ އިސްރަށްވެހީންގެ ހަވީރު ކާމިޔާބުކަމާއެކު ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ