ދުންޔާ އަލުން ސަރުކާރަށް ވަޑައިގެންނެވުމުން ލިބުނީ ޝޮކެއް – އުމަރު

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ގަބޫލުފުޅު ކުރައްވައި، އަލުން އަނބުރާ ސަރުކާރާ ގުޅިވަޑައިގަތުމަށް ދުންޔާ މައުމޫން ނިންމެވުމަކީ، ލިބުނު ޝޮކެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ދުންޔާ ސަރުކާރާއި އަލުން ގުޅިވަޑައިގަތުމުން، އިދިކޮޅު ބައެއް ފަރާތްތަކުން އެކަމަށް ފާޑުވިދާޅުވަމުން ގެންދަވާއިރު، ދުންޔާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން ވަނީ، ދުންޔާގެ އެ ނިންމެވުމަށް ތާއީދުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަދި ދުންޔާގެ އެ ނިންމެވުމަކީ، އަމިއްލަފުޅު ނިންމެވުމެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ، ސަރުކާރާއި އަލުން ގުޅިވަޑައިގެންނެވިއިރު، ރައީސް މައުމޫން ވަނީ، މި ސަރުކާރަށް ކުރައްވާ ތާއީދު ދާދިފަހުން އަނބުރާ ގެންދަވާފައެވެ.
ދުންޔާއަށް ސްޓޭޓް މިނިސްޓަރުކަން ދެއްވިއިރު އެކަމަނާގެ ކޮއްކޯފުޅު ޣައްސާނު މައުމޫން މިވަގުތުވެސް ހުންނެވީ ސަރުކާރުގެ މަގާމެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ