ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަދި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ޓްރާންސިޝަން ކޮމިޓީގެ ޗެއާމަން، އަބްދުﷲ ޝާހިދު، އދ ގެ ރެޒިޑެންޓް ކޯޑިނޭޓަރު އަދި ޔޫއެންޑީޕީ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު، ޝޮކޯ ނޯޑާ އާއި ބައްދަލުކުރައްވައިފި އެވެ.
މިބައަދަލުވުމުގައު ދެބޭފުޅުން ދެއްކެވި ވާހަކަ އެއްވެސް ފަރާތަކުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ޝޮކޯ ނޯޑާ ވަނީ މިމަހުގެ 4 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލު ކުރައްވާފައެވެ.
ޝޮކޮ ނޮޑާ ގެންދަވަނީ 2014 އިން ފެށިގެން ރާއްޖޭގައި ހުންނަ އދ ގެ ކޯޑިނޭޓަރު އަދި ޔޫއެންޑީޕީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ރިޕްރެޒެންޓޭޓިވްގެ މަޤާމުވެސް އަދާކުރައްވަމުންނެވެ.
އދ. ގެ ރެސިޑެންޓް ކޯޑިނޭޓާ ޝޮކޯ ނޯޑާއާއި އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ