އައްޑޫ ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލަ ދޭ ބްރިޖުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސޭވާ ކުރުމުގެ މަސައްކަތް ހިމެނޭ ގޮތަށް އެ މަޝްރޫއުގެ ފަންނީ މަސައްކަތްތައް ކުރިއަށް ގެންދާނެ ބަޔަކު ހޯދަން، ފެބްރުއަރީ މަސް ނިމުމުގެ ކުރިން އިއުލާނު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި އޮތަސް، އެކަމެއް ނުކުރެއްވި އެވެ.
ފެބްރުއަރީ 6، 2025 ގައި ރައްޔިތުންގެ މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، "އައްޑޫ ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސްކުރުމަށް ޑީޓެއިލްޑް ސާވޭ އާއި، އިންޖިނިއަރިން ޑިޒައިން ކުރާނެ ފަރާތެއް ހޯދައި، ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މި މަހުގެ ތެރޭގައި، ބަޔަކު ހޯދަން އިއުލާނު ކުރާނަން،" ކަމަށެވެ.
އައްޑޫ ބްރިޖުގެ މަސައްކަތްތަކާ ގުޅޭ ސާވޭ ކުރާނެ ބަޔަކު އަލުން ހޯދާއިރު، އެ ބްރިޖުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާވޭތައް ކުރުމަށް މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ، މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގައި އޮތީ ހަވާލުކޮށްފަ އެވެ.
އައްޑޫ ބްރިޖު އެޅުމާ ގުޅޭ ދިރާސާތައް ކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ވެސް 30 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮތެވެ.
ނަމަވެސް، މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ ހަވާލުކުރި މަސައްކަތަށް ވީނުވީއެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވި ގޮތަށް، އައްޑޫ ބްރިޖުގެ ފަންނީ މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާނު ނުކުރީ ކީއްވެކަން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަވާލުވެފައި ވަނީ އިންފްރާސްޓަރަކްޗާ މިނިސްޓްރީއާ އެވެ.
އައްޑޫ ބްރިޖުގެ ފަންނީ މަސައްކަތްތައް ކުރިއަށް ގެންދާނެ ބަޔަކު ހޯދަން އިއުލާނެއް ނުކުރި އައްޑޫ ބްރިޖުގެ ފަންނީ މަސައްކަތްތައް ކުރިއަށް ގެންދާނެ ބަޔަކު ހޯދަން އިއުލާނެއް ނުކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ