ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު، ޝަހީދު އާއެކު ތިން ބޭފުޅުން ކުރިމަތިލައްވައިފި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު، ޝަހީދު އާއެކު ތިން ބޭފުޅުން ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ އިސް ގާޒީ ހުސައިން ޝަހީދު އާއެކު އިތުރު ދެ ބޭފުޅުން ކުރިމަތިލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވައިލުމުން، ކުރިމަތިލެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް، މަރިޔަމް ނިހާޔަތު އެކަންޏެވެ.
ނަމަވެސް އެ މަގާމަށް އޭނާ އެކަނި ކުރިމަތިލެއްވުމުން ސުޕްރީމް ކޯޓަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު އަލުން ޖޭއެސްސީން ހުޅުވައިލި އެވެ. އެ އިއުލާނުގެ ސުންގަޑި މިއަދު ހެނދުނު 10:00 އަށް ހަމަވިއިރު، ދެ ބޭފުޅަކު ވަނީ އެ މަގާމަށް ކުރިމަތިލައްވައިފަ އެވެ. އެއީ ހައިކޯޓުގެ އިސް ފަނޑިޔާރު، ހުސައިން ޝަހީދު އާއި ގާނޫނީ ވަކީލު، ރުޝްދުﷲ އިބްރާހިމް އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ސަރުކާރުން އެ ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށް, އެކަމާ އިހުތިޖާޖުކުރެއްވުމުގެ ގޮތުންނެވެ. އޭނާގެ މި ތުހުމަތުތައް އަމާޒުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމުގެ އިތުރުން ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާއި އޭސީސީގެ ރައީސް އާދަމް ޝާމިލްއަށެވެ.
ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅުނީ ސިިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރި މައްސަލަ އެ ކޯޓުން ބަލަމުން ދަނިކޮށެވެ. ސުއޫދު ހިމެނޭހެން އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރީ އެ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށް ނިންމި ފަހުންނެވެ.
ފަނޑިޔާރުން ސަސްޕެންޑުކުރުމުގެ އިތުރުން, އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ތިރިކުރަން މަޖިލީހުން ކޯޓުތަކުގެ ގާނޫނު ވެސް ބަދަލުކުރި އެވެ. ނަމަވެސް ރައީސް ވަނީ މި ބިލު ތަސްދީގުނުކުރައްވާ އަނބުރާ ފޮނުވާލައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލެއްވީ, އެ ބިިލު ގާނޫނު އަަސާސީ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ގުޅޭ ގޮތުން ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފުވާ ކަމަށް ބަންޑާރަ ނައިބު ލަފާދެއްވުމުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ