މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން މިއަދު ބާއްވާ ޖަލްސާއަށް ތައްޔާރުވާން ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން އިއްޔެ ބޭއްވި ބައްދަލުވުން މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ނެތި ކުރިއަށް ގެންގޮސްފި އެވެ.
މިއަދު ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާން އިއްވުމެވެ. އެ ބަޔާނުގައި މިދިޔަ އަހަރު ގައުމު އޮތް ހާލަތު ބަޔާންކޮށްދީ މިއަހަރު ގައުމު ކުރިއަށްގެންދަން ބޭނުންވެވަޑައިގަންނަވާ ގޮތް ރައީސް ވިދާޅުވެދެއްވާނެ އެވެ.
މަޖިލީހުގެ މިއަދުވޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމެވެ.
ޕީއެންސީން އިއްޔެ ހަވީރު ބޭއްވި ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި އިސް ރޯލެއް އަދާ ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހެވެ. އޭގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވެސް އިންނެވީ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓި މޭޒު ކައިރީގަ އެވެ.
ހުލާސާކޮށް އިއްޔެ: ޕީއެންސީން ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމެއް ނެތް ހުލާސާކޮށް އިއްޔެ: ޕީއެންސީން ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ