ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށްގެންދެވޭނެ ކަމަށް ރައީސުލް ޖުމްހުރީއްޔާ ޑރ. މުހަންމަދު މުއީޒް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދަޅުވީ މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅިވީ މިސްކިތްތައް ބިނާކުރުމަށް ދައުލަތުގެ ބަޖެޓުން 2024 ވަނަ އަހަރު 7868953.00ރ (ހަތްމިލިއަން އަށްލައްކަ ފަސްދޮޅަސް އަށްހާސްނުވަސަތޭކަ ފަންސާސް ތިންރުފިޔާ) މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ޙަރަދު ކުރެވިފައިވާކަމަށެވެ. އަދި މިސްކިތްތަކާބެހޭ ޤައުމީ މަޖިލީސް އަލުން އުފައްދާ ، މަޖިލީހުގެ ބައްދަލުވުންތައް ބާއްވައި، އަދި މިސްކިތްތަކުގެ ޙާލަތު ދަނީ ދުވަހުން ދުވަހަށް ބެލެހެއްޓެމުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ މަންހަޖަކީ، ކުރީއަހަރުގެ ވެސް މަންހަޖު. އެއީ ދިވެހި އުންމަތުގެ ހާލާއި، މުސްތަޤުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސްތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަން ކަށަވަރުކުރުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށާއި އިސްލާމީ ޝަރީޢަތް ނަގަހައްޓާ، އިސްލާމީ އުސޫލުތައް ހިފަހައްޓާ ގައުމެއްގެ ގޮތުގައި ދެމިތިބުމަށް، ނުގުޑާ ޢަޒުމަކާއެކު ކެނޑިނޭޅި މަސައްކަތްކުރުމަށް ޚާއްސަ އިސްކަމެއްދެއްވާކަމަށެވެ.
އެގޮތުން އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް މިދިޔަ އަހަރު މުޅި ރާއްޖެއަށް އަމާޒުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރިސާލަތު ޕްރޮގްރާމްގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަރުމާކޮށް، މިދިޔަ އަހަރުވާނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެ ޕްރޮގްރާމު ހިންގިފައިވާ ކަމަށާއި، މިއަހަރު ވެސް، ރިސާލަތު ޕްރޮގުރާމް މެދުކެނޑުމެއް ނެތި، ކުރިޔަށް ދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރަށް، ނަމާދަކީ ހުރިހައި މުންކަރާތްތަކުން އިންސާނާ ދުރުހެލިކޮށްދޭ އަޅުކަމެއްކަމުގައި ލައްވާފައިވުމާއި އެއީ އިސްލާމް ދީނުގެ އެންމެ ހަރުދަނާ އެއް ތަނބުކަމަށް ޝަރުޢުގައި ލައްވާފައިވާތީ، ދިވެހި މުޖުތަމަޢު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމުގެ މާތް މަޤުޞަދުގައި "ނަމާދު މަތިވެރިކުރުން" މި ނަމުގައި ވެސް މުހިންމު މަޝްރޫޢެއް ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށްގެންދެވޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ