ހާލު ބޮޑު މާބަނޑު އަންހެނަކު ދުވަސް ނުފުރައި ވިހެއި ދަރިފުޅާ އެކު، އިތުރު ފަރުވާއަށް މާލެ ގެންނަން އުޅެނިކޮށް، ކުއްޑޫ އެއާޕޯޓު ރަންވޭ މައްޗަށް ރޭ ނިޔާވެއްޖެއެވެ. ޑޯނިޔާ ބޭނުން ނުކޮށް އެއަރ އެމްބިއުލާންސްގައި މީހުން މަރަމުން ދަނީ ރައްޔިތުންނަށް އަގަލެއް ނެތުމުންނެވެ. މުއިއްޒުގެ ޤައުމިއްޔަތުގެ އަނިޔާވެރި ޕްރޮޕަގަންޑާގައި މީގެ ކުރިން އިތުރު 2 ކުޑަކުއްޖަކުވެސް ވަނީ ޑޯނިޔާ އިން ސަލާމަތް ކުރެވެން އޮއްވާ ގަސްތުގައި މަރާލާފައެވެ. މިކަން ހިނގާފައި ވަނީވެސް ރާއްޖޭގެ ދެކުނުގައެވެ.
ނިޔާވި އަންހެން މީހާއަކީ ގއ. ވިލިނގިލީ ޒަމާނީވިލާ ފާތިމަތު ޝިއުނާ (37 އަހަރު) އެވެ.
ޝިއުނާގެ ފިރިމީހާ ޝިފާޒު ޒާހިރު ރާއްޖޭގެ ނޫހެއް ކަމުގައި ވާ “ހަތާވީސް” އަށް މައުލޫމާތު ދެއްވި ގޮތުގައި، އެއާ އެމްބިއުލާންސްގެ ވެންޓިލޭޓަރު ހަލާކުވެފައި ހުރުމާއެކު، ފްލައިޓުގައި ބަލިމީހާއަށް ދޭނެ އޮކްސިޖަން ނެތެވެ.
ގއ. އަތޮޅު ހޮސްޕިޓަލަށް ޝިއުނާ އެޑްމިޓްކުރެވުނީ މިދިޔަ އަންގާރަ ދުވަހުގެ މެންދަމު 2:00 އަށްފަހުގައެވެ. ހޮސްޕިޓަލަށް ގެންދިޔައީ ރޯގާ ޖެހި، މާ ބޮޑަށް ކެއްސާތީއެވެ. ޝިފާޒު ވިދާޅުވި ގޮތުގައި، ހެނދުނުވަންދެން ޑޮކްޓަރެއް ނައިސް، އޮކްސިޖަން ފިޔަވައި އިތުރު އެއްވެސް ފަރުވާއެއް ނުދެވުނެވެ.
ބަނޑަށް އަށް މަސްވެފައިވާ ޝިއުނާގެ ހާލަތު ސީރިއަސްވެ، އޮކްސިޖަން ލެވެލް ދަށްވުމާ ގުޅިގެން، ވެންޓިލޭޓަރުގެ އެހީގައި ނޭވާލެވޭގޮތް ހަދައި، ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގުނެވެ. ދަރިފުޅު ނެގިއިރު ދެމައިންގެ ހާލަތު ވެސް ސީރިއަސްވެފައެވެ.
އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް އެއާ އެމްބިއުލާންސް ހަމަޖެއްސުމަށް މުއިއްޒުގެ ނާގާބިލު ސަރުކާރުން ގިނަ ވަގުތުތަކެއް ނެގިއެވެ. ފުރަތަމަ ފްލައިޓް އަންނާނެ ކަމަށް ބުނެފައިވަނީ ރޭ 7:00 ގައެވެ. ނަމަވެސް ޝިއުނާ ރަންވޭއަށް ގެންދެވުނީ 11:40 ގައެވެ. ކުއްލި ފަރުވާ ނުލިބި ލަސްވެ، މެންދަމު 1:30 ގައި އޭނާ ނިޔާވިއެވެ.
އެއާ އެމްބިއުލާންސްގައި ސިއްހީ އާލާތްތައް ނެތުމުން، ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުން ބައެއް އާލާތްތައް ގެނެވުނެވެ. މިކަމަށް ވިލިނގިއްޔާއި ކުއްޑޫއާ ދެމެދު ދެ ފަހަރެއްގެ މަތިން ލޯންޗު ދަތުރު ކުރަން ވެސް ޖެހުނެވެ.
ޝިއުނާ ނިޔާވުމަށްފަހު، ދަރިފުޅު އިތުރު ފަރުވާއަށް މާލެ ގެންދިޔަ މަގުމަތީގައި ދަރުފުޅުވެސް ވަނީ ނިޔާވެފައެވެ.
މުއިއްޒު ވަނީ ދުނިޔެއިން ހޭބުއްދި ފިލާގޮސް، ޤައުމިއްޔަތުގެ ހައްދުފަހަނަ އެޅި ކަނައަތު ފިޔާގެ ފިކުރު ދިރުވުމަށް ކުރާ މަސައްކަތުން ދިވެހިން މަރަމުން ދުވާއިރު، މީނާ ހުއްޓުވައި، ވެރިކަމުން މީނާ ބާލަން ޖެހެއެވެ.
ޤައުމިއްޔަތުގެ އަނިޔާވެރި ފިކުރު ދިރުމަށް ޑޯނިޔާ ބޭނުން ނުކޮށް، ހަލާކުވެފައިވާ ވެންޓިލޭޓަރާއި އެކު އެންބިއުލާންސްގެ ނަމުގައި ގެންގުޅޭ ބާބޯޓު ބޭނުންކޮށްގެން، 37 އަހަރުގެ ޒުވާން މާބަނޑު އަންހެނަކާއި، އޭނާގެ ތުއްތު ތުއްތު ދަރިފުޅު ކޫއްޑޫއަށް މަރާލައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ