ފާއިތުވި ދެ އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ނަތީޖާތައް ހޯދާފައިވާ ފަރާތްތަކާއި އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް 32 ފަރާތަކަށް އިނާމު ދީފި އެވެ.
ރޭ ރ. ދުވާފަރުގައި ބޭއްވި މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އިނާމު ލިބުނު ފަރާތްތަކުގެ ތެރޭގައި ވަކިވަކި ފަރުދުންނާއި، މަސްދޯނިފަހަރާއި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ ކުންފުނިތައް ވެސް ހިމެނެ އެވެ/ އިނާމު ޙާސިލް ކުރި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، 2023 ގެ އިނާމު ލިބުނު 18 ފަރާތަކާއި، މިދިޔަ އަހަރުގެ އިނާމު ލިބޭ 14 ފަރާތެކެވެ.
މަސްވެރިކަމުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ، ރައީސް ޑރ.މުޙައްމަދު މުޢިއްޒުއެވެ.
މަސްވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އިނާމު މި އަހަރު ލިބިވަޑައިގެންނެވީ ކުރީގެ މިނިސްޓަރު ޙަސަން ސޯބިރަށެވެ. އޭނާ ވަނީ 1974 އިން ފެށިގެން އެ ދާއިރާއަށް އެކި ގޮތްގޮތުން ޚިދުމަތްކުރައްވައިފަ އެވެ.
މިދިޔަ އަހަރުގެ މަސްވެރިކަމުގެ އިނާމު ލިބުނު ފަރާތްތައް:
1. ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ކެޔޮޅު: މުޙައްމަދު އަނީސް، ފެންފިޔާޒުގެ، ގއ. ދެއްވަދޫ
2. ފާހަގަކޮށްލެވޭ ޚިދުމަތެއް ކުރަމުންގެންދާ ޒުވާން ކެޔޮޅު: މުޙައްމަދު އަފްރާޚް، ހެޕީލައިފް، ރ. ދުވާފަރު
3. ޚިދުމަތްތެރި ފަރު މަސްވެރިޔާ: އާދަމް ޙަސަން، ޕެރިސް، އދ. މަހިބަދޫ
4. އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި: އައްޑޫ ހިތަދޫ، މަހާ ވިދުވަރު
5. ދެވަނައަށް އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި: ގދ. މަޑަވެލި ޓީ.އެސް.ލައިން
6. ތިންވަނައަށް އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި: އައްޑޫ މަރަދޫ ކޮންކޯޑު-2
7. އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި: އދ. އޮމަދޫ ޖަވާހިރު
8. ދެވަނައަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި: އއ. ރަސްދޫ ޒޫމް ފިޝަ
9. ތިންވަނައަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި: އދ. މަހިބަދޫ އަސުރުމާ – 3
10- އެންމެ ގިނައިން ކަޅުބިލަމަސް ގަނެފައިވާ ކުންފުނި: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
11. އެންމެ ގިނައިން ބޮޑުކަންނެލި ގަނެފައިވާ ކުންފުނި: އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
12. އެންމެ ގިނައިން ފަރުމަހުގެ ބާވަތްތައް ގަނެފައިވާ ކުންފުނި: ސީ ޕާޓްނަސް މޯލްޑިވްސް
13. އަގު އެއްކޮށް، މަހުގެ އުފެއްދުންތައް ތައްޔާރުކޮށް، ދިވެހިރާއްޖެއިން އެކްސްޕޯޓު ކޮށްގެން އެންމެ މަތީ އާމްދަނީއެއް ހޯދާފައިވާ ކުންފުނި: ހޮރައިޒަން ފިޝަރީޒް
2023 ގެ މަސްވެރިކަމުގެ އިނާމު ލިބުނު ފަރާތްތައް:
1. ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ކެޔޮޅު: ޝަމްޢޫން މުޙައްމަދު، ގއ. ވިލިނގިލީ، ރޭނިސް
2. ފާހަގަކޮށްލެވޭ ޚިދުމަތެއް ކުރަމުންގެންދާ ޒުވާން ކެޔޮޅު: ޢަބްދުﷲ ޔަމާން، ލ. ގަން ތުނޑި، ގުރުވަ
3. ޚިދުމަތްތެރި ފަރުމަސްވެރިޔާ: ޞަފައިރު ލުޠުފީ، ފ. ބިލެތްދޫ، ސަންޓާނާ
4. އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި: ގދ. މަޑަވެލި ޓީ.އެސް. ލައިން
5. ދެވަނައަށް އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި: ގއ. ނިލަންދޫ ހަނދުވަރީ
6. ތިންވަނައަށް އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި: ސަފީނާ، ކ. މާލެ
7. އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި: އއ. ރަސްދޫ ޒޫމް ފިޝަ
8. ދެވަނަ އަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި: ބ. ތުޅާދޫ، ހައިސަމް ދޯނި
9. ތިންވަނައަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި: އދ. މަހިބަދޫ އަސުރުމާ – 3
10. އެންމެ ގިނައިން ކަޅުބިލަމަސް ގަނެފައިވާ ކުންފުނި: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
11. އެންމެ ގިނައިން ބޮޑުކަންނެލި ގަނެފައިވާ ކުންފުނި: ބިގް ފިޝް މޯލްޑިވްސް
12. އެންމެ ގިނައިން ފަރުމަހުގެ ބާވަތްތައް ގަނެފައިވާ ކުންފުނި: ސީ ޕާޓްނާސް މޯލްޑިވްސް
13. އަގު އެއްކޮށް، އެކްސްޕޯޓު ކޮށްގެން އެންމެ މަތީ އާމްދަނީއެއް ހޯދާފައިވާ ކުންފުނި: ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
14. މެރިކަލްޗަރގެ ދާއިރާއިން އަގުހުރި ދިރާސާތަކެއް ކުރައްވާފައިވާތީ: ޙަސަން ޝަކީލް، ހދ. ވައިކަރަދޫ، ބްރީޒްވިލާ
15. މަސްވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ: ޒަހިއްޔާ މުޙައްމަދު، އއ. އުކުޅަސް މުރީދުގޭ
16. މަހުގެ އުފެއްދުންތައް އުފެއްދުމުގެ ދާއިރާއިން އަގުހުރި ޚިދުމަތެއް ކޮށްދެއްވާފައިވާތީ: ޝަރީފާ އިދުރީސް، ބ. ތުޅާދޫ އާލިޔާމަންޒިލް،
17. މަސްވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ބަދަލެއް ގެނައުމުގައި އަގުހުރި ޚިދުމަތެއް ކޮށްދެއްވާފައިވާތީ: ޔަންމާ
18. މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާފައިވާތީ: ޖަޕާނު ސަރުކާރު
ރާއްޖޭގެ މަސްވެރިންފެ ދުވަހަކީ ޑިސެމްބަރު 10 އެވެ. އަދި އެ ދުވަސް ފާހަގަ ކުރަމުން އަންނަނީ 1981 އިން ފެށިގެންނެވެ. މި އަހަރު ފާހަގަކުރީ 45 ވަނަ މަސްވެރިންގެ ދުވަހެވެ.
މަސްވެރިކަމުގެ ދާއިރާގެ އިނާމު 32 ފަރާތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ