މޮޓޯއެކްސް މޯލްޑިވްސްއިން 'ސީއެފްމޮޓޯ 150 އައުރާ' ރާއްޖެއަށް ތައާރަފްކޮށްފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލްގެ
ވިޔަފާރިކުރަމުން އަންނަ މޮޓޯއެކްސް މޯލްޑިވްސް އިން ސީއެފްމޮޓޯ ބްރޭންޑުގެ އެންމެ ފަހުގެ "150
އައުރާ" މޮޑެލްގެ ސައިކަލް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.
މޮޓޯއެކްސް މޯލްޑިވްސް އިން ބުނީ މިއީ އެ ކުންފުނީގެ ޝޯރޫމްގެ ލައިނަޕަށް އިތުރުވި ފާހަގަކޮށްލެވޭ އާ ސައިކަލެއް ކަމަށާއި މި ޒަމާނުގެ ރީތި
ސްޓައިލްތަކަށް ފަރުމާކޮށްފައިވާ، ބަލާލަން ހިތްގައިމު އަދި އެހާމެ ފަސޭހައިން
ބޭނުންކޮށްލެވޭނެ ސައިކަލެއް ކަމަށެވެ. މިއީ ކޮންމެ ދުވަހަކު އާންމު ދަތުރުފަތުރުތަކަށް
ބޭނުންކުރުމަށް އެންމެ އެކަށީގެންވާ، އަދި ހުރިހާ އެންމެންނަށް ކަމުދާނެ ފަދަ "ޕްރެކްޓިކަލް ސައިކަލެއް" ކަމަށް ވެސް މޮޓޯއެކްސްއިން ބުންޏެވެ. 
"150 އައުރާ" ސައިކަލަކީ އެންމެ ފަހުގެ ޓެކްނޮލަޖީގެ އެހީގައި ތަޅުދަނޑި އަދި ރިމޯޓް ކޮންޓްރޯލަކާ ނުލާ ސްޓާޓް ކުރެވޭނެ ސައިކަލެކެވެ. މި ސައިކަލު ސްޓާޓް ކުރަން ބޭނުން ކުރަނީ އެންއެފްސީ ޓެގެކެވެ. އަދި ރައްކާތެރިކަމަށް އިސްކަން ދޭން ބޭނުންވާ ކަސްޓަމަރުންނަށް ޑޭޝް ކެމެރާ އާއި ރިއާ ކެމެރާ ވެސް ހަރުކުރުމުގެ ފުރުސަތު އޮވެ އެވެ. 
މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުމަށް ހެލްމެޓު އަޅަން ޖެހޭއިރު، މި ސައިކަލުގެ މަޑިދަށުގައި ދެ ހެލްމެޓު ބެހެއްޓޭނެ ޖާގައާ ހުރެ އެވެ. މިއީ އަބަދު ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުތައް ކުރާ މީހުންނަށް ލިބޭނެ ބޮޑު ލުޔަކަށް ވާނެ ކަމަށް މޮޓޯއެކްސް އިން ފާހަގަކުރެ އެވެ. 
"މިއީ ޒަމާނީ އަދި ރާއްޖޭގެ މަގުތަކާ ގުޅޭ ސައިކަލެއް،" އެ ކުންފުނިން ވާހަކަ ދެއްކެވި އިސް އޮފިޝަލަކު ވިދާޅުވި އެވެ.
މޮޓޯއެކްސް ބުނި ގޮތުގައި "150 އައުރާ" އާ ގުޅޭ އިތުރު މައުލޫމަތު އެ ކުންފުނީގެ ޝޯރޫމާއި ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބޭނެ އެވެ. އަދި 
7211333 ނަމްބަރުން ވެސް މި ސައިކަލާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ