ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު އަހުމަދު ހުސެއިން މިއަދު އަވަހާރަވެއްޖެ އެވެ.
އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މުހައްމަދު އަހުމަދު އަވަހާރަވި އިރު، އުމުރަކީ 72 އަހަރެވެ. އޭނާގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.
މުހައްމަދު އަހުމަދު ވަނީ ޗީފް އޮފް ޕްރޮޓޮކޯލްގެ އިތުރުން އެކި މަގާމުތަކުގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައިޖީއެމްއެޗު ހިންގެވުމާ ހަވާލުވެ ހުންނެވި އިރު، އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމު ވެސް ފުރުއްވި އެވެ.
ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު އަހުމަދު އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ