މި ސަރުކާރުގެ އަމާޒުގެ ތެރެއިން އެންމެ ބޮޑު އަމާޒަކީ 2027 ވަނަ އަހަރު ޓޫރިޒަމް ދާއިރާ އިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އެރުވުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރާއި ހަމައަށް ފަތުރުވެރިކަމުގެ އާމްދަނީ 6 ބިލިޔަން ޑޮލަރަށް އިތުރު ކުރުމެވެ. އެމަގަށް ކުރެވޭ މަސައްކަތުން މިވޭތުވެ ދިޔަ ދެ އަހަރު ތެރޭ މި ސިނާއަތަށް 6،665 އެނދު ހިދުމަތަށް ނެރެފައިވާ ކަމަށް ތޯރިގް ވިދާޅުވިއެވެ.
މި އަހަރު ފެށުނުއިރު ޓޫރިޒަމް ދާއިރާއިން ލިބޭނެ ކަމަށް އަންދާޒާ ކުރީ 5.5 ބިލިއަން ޑޮލަރު ކަމަށާއި ނަމަވެސް މިހާރު ބެލެވެނީ 5.6 ބިލިއަން ޑޮލަރު މިއަހަރު ލިބޭނެ ކަމަށެވެ. ފޯކާސްޓް ކުރި ވަރަށް ވުރެ ވެސް އާމްދަޏީ އިތުރުވެގެން ދާ ކަމަށް ތޯރިގް ވިދާޅުވާ އިރު މިއީ 16 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރު ފެށުނު އިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.3 މިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފައި ވީ ނަމަވެސް މިހާރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރަނީ 2.2 މިލިއަން ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2.1 މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު އެއީ މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓުގެ އިތުރުވުމެކެވެ. ޓޫރިސްޓުން ރާއްޖެއަށް އެންމެ ގިނައިން އަންނަނީ ޗައިނާ އާއި ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.
މިދިޔަ އަހަރު ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީއާށް ބަލާއިރު 4.8 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
2027 ގައި ޓޫރިޒަމުން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ތޯރިގް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ