ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެފްއޭއެމް ވިމެންސް ލީގް 2025 ގެ ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވައިފި

‏‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު‎ އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އެފްއޭއެމް ވިމެންސް ލީގް 2025 ގެ ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
‏‎މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗު ސީދާ ދެ ލަނޑުން ކާމިޔާބުކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ.
‏‎މެޗު ބައްލަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗެމްޕިއަންޓީމަށާއި މުބާރާތުގައި ފާހަގަކޮށްލެވޭ އެކި ކާމިޔާބީތައް ހާސިލްކުރި ކުޅުންތެރިންނާއި ޓީމުތަކަށް ޓްރޯފީ ހަވާލުކޮށްދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ