އެފްއޭއެމް ވިމެންސް ލީގް 2025 ގެ ޗެމްޕިއަން ޓީމަކަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިކްރިއޭޝަން

އެފްއޭއެމް ވިމެންސް ލީގް 2025 ގެ ފައިނަލް މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކާމިޔާބުކޮށްފިއެވެ.
‏‎މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗު ސީދާ ދެ ލަނޑުން ކާމިޔާބު ކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. މި މެޗު ޝަރަފުވެރިކޮށް ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފެވެ.
‏‎މެޗު ބައްލަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗެމްޕިއަން ޓީމަށާއި މުބާރާތުގައި ފާހަގަކޮށްލެވޭ އެކި ކާމިޔާބީތައް ހާސިލް ކުރި ކުޅުންތެރިންނާއި ޓީމުތަކަށް ޓްރޯފީ ހަވާލުކޮށް ދެއްވާފައެވެ.
އެފްއޭއެމް ވިމެންސް ލީގް 2025 ފެށީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އެގޮތުން މި ލީގްގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށް ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަންބިކަނބަލުން ސާޖިދާ މުހައްމަދުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ