އެ މަންޒަރުތަކާއެކު އުންމީދުގެ ހުޅުކޮޅު ދިއްލިއްޖެއެވެ. ބަލައައްޑޫ މީހުން ރައީސެއް، ނައިބެއް ބޭނުންވެގެން ނޫޅެއެވެ. ކިތައްމެ ގިނައިން ފައިސާ ލިބުނަސް އަތްމަތި ތަނަވަސް ނުވާ ސަބަބެއް އެނގޭތަ؟ ފޯރޗުން ކުކީގެ ހަޤީޤަތް އެނގޭތަ؟ މަގުބޫލު ލިޔުންތައް ޕޯޗުގަލް މެ

ހޫނު ގަދަ ދުވަސްވަރު ނަގާ ދިލަ ހޫނުން ސަލާމަތްކަން ހޯދުމަށާއި ކާބޯތަކެތި ހޯދާ ޖަމާކުރުމަށް، ދިގު ކިޔޫގައި މާޗް ކުރަމުން އައިސް ގޭގޭގެ ތެރެއަށް ހިނި ވަންނަނީ މަދެއްކޮށެއް ނޫނެވެ. ހިންޏަކީ އޭގެ ޒާތުގައި ފޮނިކާތަކެއްޗަށް ދަހި އެއްޗަކަށްވުމުން އަވަހަށް އެތަނެއް”ފްލަޑް” ކޮސްލައިގެން އެއީ ގިނަ ބަޔަކަށް އޭގެ އުނދަގޫ ފޯރާ ދިރޭ އެއްޗަކަށް ވެއެވެ. މި ސަބަބާހެދި ހިނި ނައްތާލަން ކޮންމެވެސް ސްޕްރޭއެއް ނުވަތަ ކެމިކަލެއް އެކުލެވޭ ބާވަތެއް ބޭނުންކުރެވެއެވެ. މިއީ ގިނަ ބަޔަކަށް އުނދަގޫ އިހުސާސެއް ކުރެވޭ ކަމެއްގެ ގޮތުގައި ބެލެވޭތީ ، ކެމިކަލާ ނުލާ ހިނީގެ އުނދަގުލުން ސަލާމަތް ވެވިދާނެ ގޮތްތަކަކަށް ވިސްނަން ޖެހެއެވެ. މިގެނެސްދޭ 9 ބާވަތަކީ މިކަމަށް ރަނގަޅު ފަރުވާއަކަށް ފުދޭނެއެވެ.
ވިނެގަރ އަކީ އުނދަގޫ ވާކަހަލަ ގަދަ ވަހެއް ހުންނަ އެއްޗެކެވެ. މިއީ ހިންޏަށް ވަކިން އުނދަގޫ ބޮޑު ވަހެކެވެ. ހިނީގެ ފައުޖަށް މަގު ދައްކައިދިނުމަށް ދާމަގުމަތީ ކުރަހާލާ ޗާޓެއްހެން އޭތި ދޫކުރާ “ފެރޮމޯން”ގެ އަސަރު ވިނެގަރ ގެ ސަބަބުން ނައްތާލައި ފަހަތުން އަންނަ ހިނި ތައް މަގުއޮޅުވާލެވިއްޖެ ނަމަ އެއޮތީ ހަމަ ރަނގަޅަށްވެސް ހިނި މަދުވާނެ އުކުޅެކެވެ.
ވިނެގަރ އެކޭ އެއްގޮތަށް ކޮފީގައި ވެސް ހުންނަ ގަދަ ވަހުގެ ސަބަބުން ހިނީގެ ފެރޮމޯން ބޭނުންކޮށްގެން ފަހަތުން ނެވިގޭޓް ކުރަމުންދާ ފައުޖުގެ މިސްރާބު ބަދަލު ކޮށްލެވެއެވެ. ދިވެހިން ރަތް ހިންޏޭ މިކިޔާ ސައިޒުން ކުޑަ ބާވަތުގެ ހިންޏަކީ ކޮފީއަށް ސިހޭ ބާވަތެއް ނޫނެވެ. އެފަދަ ބައެއް ވައްތަރުގެ ހިނި، ކޮފީ އެތިކޮޅުތައް ހިއްލާލައިގެން އޭތީގެ މަންޒިލަށް ގެންދަން ވެސް އުޅޭނެއެވެ. އެހެންނަމަވެސް ކޮފީގެ ސަބަބުން ހިނީގެ މަސައްކަތް ހުއްޓި، ބައިބައިކޮށް ނިކަމެތިކޮށްލުމަށް ބާރުލިބިގެންދެއެވެ
3 ކިއުކަންބާ
ކޮންމެވެސް ވަރެއްގެ އުނދަގޫ ވަހެއް ކިއުކަންބާގައި ހުންނަ ކަމަށް ގަބޫލު ކުރެވޭނެއެވެ. މިއީ ހިންޏަށް އަދި މާ އުނދަގޫ ކުރުވާ ވަހެކެވެ. ވަކިން ޚާއްސަކޮށް ކިއުންކަންބާ ތޮށީ ގައި ހުންނަ ވަސް ޖެހުމުން ހިނި ފިލާ ރައްކާވެއެވެ. ޢާންމުކޮށް ކާން ބޭނުންކުރާ މި ތަރުކާރީގެ ތެރެއިން ކޮންމެވެސް ވަރެއް ބާކީކޮށް މިކަމަށް ހުސްކޮށްލުން ކީއްތޯއެވެ.
4. ލުނބޯ
ނުބައިވަހެއް އަތުގައި ދުވާނަމަ ލުނބޯގަހުގެ ފަތެއް ބިނދެލައިގެން އުނގުޅާލުމަކީ ތަންކޮޅެއް ކުރީ ޒަމާނުއްސުރެން ފެށިގެން ދިވެހިން ކޮށްއުޅޭ ކަމެކެވެ. ފަރުމަހުގެ ކެއުމަކަށް އިންސާފު ކުރުމަށްފަހުވެސް އޭރު ދެވެނީ ލުނބޯގަހާ ދިމާއަށެވެ. މިހާރަކަށް އައިސް ލުނބޯ އެއަރފްރެޝްނާ އާއި ލުނބޯ ވަސްހުންނަ ދުންދަނޑިއާއި މަދިރިބޭސް ފަދަ އެތައް ބާވަތެއް ލުނބޮލުން ތައްޔާރުކޮށްފައި ހުންނައިރު މިއީ ހިނި މަދުކުރުމަށްވެސް އެންމެ ބާރުގަދަ އެއް ހަތިޔާރެވެ.
ފޮނިތޮއްޓަކީ ހިނި މަރާލެވޭނެ މާއްދާއެއްނޫނެވެ. އެހެންނަމަވެސް އެއީ ހިންޏަށް ކަމުދާ ވަހެއްނޫނެވެ. އެހެންކަމުން ހެނދުނުގެ މަސާލާ ސައިތަށި ތައްޔާރު ކޮށްލާގަޑީގައި ކައުންޓަރުމަތީ ފޮނިތޮށިކޮޅެއް ބާއްވާލަން ހަނދުމަ ކޮށްލުން ރަނގަޅެވެ.
ޒަވި ވަހެއް ހުންނަ މި ފަތުން ހަދާ ޕެޕަރމިންޓް ތެލަކީ ހިނިން ސަލާމަތްވުމަށް ހޯދޭނެ ގުދުރަތީ އެންމެ ރަނގަޅު ފަރުވާއެވެ. މިވަހުގެ ސަބަބުން ހިނީގެ މަގުއޮޅުވާލައި އެތަނެއް ދޫކޮށް ދިއުމަށް މަޖުބޫރު ކުރެއެވެ.
މިކްސަރުން އަސޭމިރުސް ހިމުންކުރާގަޑީގައި އެވަސްޖެހުމުން ކިނބިހި އެޅޭގޮތްވެއެވެ. މިއީ ހިނިވެސް ކޮށިއަރުވާލަން ރަނގަޅު މާއްދާއެކެވެ. އަސޭމިރުން ޕައުޑަރ ފެނަށް ގިރާލުމަށްފަހު ސްޕްރޭ ކޮށްލައްވާށެވެ.
ދިރާސާއަކުން ދައްކާގޮތުގައި ކަރަންފޫ ކުނޑީގެ ވަސް ޖެހޭތާ ފުރިހަމަ 3 ގަޑިއިރުގެ ތެރޭ ހިނީގެ އަސަރު އެއްކޮށް ފިލައިގެން ދެއެވެ. އެހެންކަމުން މިއީ ހިންޏަށް ކުޅަދާނަ ނުވާ މިންވަރުގެ ގަދަ ވަހެއް ހުންނަ އެއްޗެކެވެ.
ޗޯކުން ލައިނެއް ކުރަހާލައިގެން އަޅާ ބައުންޑްރީއަށް ހިނި ނުވަދެއޭ ބުނެފިއްޔާ ގަބޫލު ކުރާނަންތޯއެވެ. ދަނޑުވެރިންވެސް ގަސް ގަހުގެ ވަށައިގެން ރޮނގެއް ދަމާލަނީ މިބޭނުމުގައެވެ. ޗޯކުގައި އެކުލެވޭ ކެލްސިއަމް ކާބޮނޭޓް ގެ ސަބަބުން ހިންޏަށް ލިބިގެންވާ ޓްރެކްކޮށް ދެނެގަތުމުގެ ބާރު ކަނޑުވައިދޭތީއެވެ. ހަކުރު ބަސްތާގައި ލޮނު ބަސްތާއެއް ކަމަށް ލިޔެގެން ހިންޏަށް އޮޅުވާލަން މަސައްކަތް ކުރި ވާހަކަ ވާނީ އަޑު އިވިފައެވެ. ޗޯކު ބޭނުންކޮށްގެން އެފަދަ ގޮތެއް ހަދާލައިފިނަމަ ހިންޏަށް ހަމަ ރަނގަޅަށްވެސް އޮޅުވާލެވޭނެތާއެވެ.
ހިނި މަދުކުރުމަށް މިހުރިހާ ވަސީލަތެއް ބޭނުން ކުރި ކަމުގައިވިއަސް ކާބޯތަކެތި ގެންގުޅޭ ކާގެއާއި ގުދަން،އަދި ބަދިގެ ފަދަ ތަންތަން ވަކި ގަވާއިދަކުން ނުގެންގުޅެވޭނަމަ އެކަން ވާނީ ބޭކާރު”ހުކު” މަސައްކަތަކަށެވެ. ހިތުހުރި ގޮތަކަށް ތަކެތި އުކާލެވިފައި ހުންނަނަމަ މިއީ ޙައްލު ހޯދޭނެ ކަމެއް ނޫނެވެ. އެހެންކަމުން ހިނީގެ އުނދަގުލަށް ދާއިމީ ޙައްލެއް ހޯދަންބޭނުންނަމަ ވީހާވެސް ތަރުތީބު، ސާފު މާޙައުލަކަށް ޖާގަ ހުސްކުރަންވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ