ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި ޑިފެންސް ފޯސްގެ މަގާމަށް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް! ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްވާނެ: މެޓް އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި މަގުބޫލު ލިޔުންތައް

މާލެއިން ފުރައިގެން ތ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފް އިން އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ބުނީ ދިޔަވެފައިވަނީ “އެމްއާރުސްޕީޑް” ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ ތ. ބުރުނީގެ 4 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ މި ލޯންޗު ދިޔަވާކަމުގެ މައުލޫމާތު މިއަދު ހަވީރު ލިބުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ދ. ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. މިގޮތުން އެ ލޯންޗް ޕަންޕް ޖައްސައިގެން ދިޔަގަނޑު ކޮންޓްރޯލްކޮށް ރައްކާތެރިކަމާއެކު ތ. ބުރުންޏަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މީގެއިތުރުން އެމްއެންޑީއެފް އިން ބުނީ މި ލޯންޗުގައި ތިބި 16 މީހުން ބުރުނި ހިޔަލަ ލޯންޗުގައި އެ ރަށަށް ގެންގޮސްފައިވާކަމަށާ އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ