ކުލަބު މޯލްޑިވްސް ކަޕް 2025: ޕޯޗުގަލްގެ މަޝްހޫރު ރިކާޑީނިއޯ، ކުލަބު އެޗްޑީސީއަށް

ކުލަބު މޯލްޑިވްސް ކަޕް 2025 ގައި ވާދަކުރާ ކުލަބު އެޗްޑީސީއަށް ދުނިޔޭގެ ފުޓްސަލްގެ އެންމެ ވަރުގަދަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ރިކާޑޯ ފިލިޕޭ ޑަ ސިލްވާ (ރިކާޑީނިއޯ) ސޮއިކޮށްފިއެވެ.
ރިކާޑީނިއޯ އަކީ ކުލަބު މޯލްޑިވްސްގެ ތާރީހުގައި ކުލަބަކުން މިހާތަނަށް ގެނައި އެންމެ ހައި ޕްރޮފައިލް ކުޅުންތެރިޔާކަން ފާހަގަކޮށް އެ ކުންފުނިން ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ރިކާޑީނިއޯ ވަނީ އޭނާގެ ކެރިއަރުގައި ޔޫއެފާ ފުޓްސަލް ޗެމްޕިއަންސް ލީގް, ޔޫއެފާ ޔޫރަޕިއަން ފުޓްސަލް ޗެމްޕިއަންޝިޕް, ފީފާ ފުޓްސަލް ވޯލްޑް ކަޕްގައި އޭނާގެ ހުނަރު ދައްކާލާ ދުނިޔޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދާފައެވެ.
ރިކާޑީނިއޯގެ ކާމިޔާބީތަކުގެ އަގުވަޒަންކޮށް، ޕޯޗުގަލް ސަރުކާރުންވެސް އޭނާއަށް ދެ އެވޯޑެއް ދީފައިވާއިރު ޔޫރަޕުގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައިވެއެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު އެއް ފަހަރު ހޯދާފައެވެ. މީގެ އިތުރުން ރިކާޑީނިއޯގެ ކެޕްޓަންކަމުގެ ދަށުން ޕޯޗުގަލް ވަނީ 2021 ވަނަ އަހަރު ފީފާ ފުޓްސަލް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ.
އެޗްޑީސީގެ ސްކޮޑުގައި ރާއްޖޭގެ ފުޓްސަލްގައި މިހާރު ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ހިމެނެ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ