މަގޫދޫގައި ތަރައްގީކުރަމުންދާ އެއާޕޯޓަށް ގެއްލުންތަކެއް ދިން މައްސަލަ ބަލަން ފަށައިފި ސައްހަ ނޫން ޓްރާންސްފަރ ސްލިޕް، ފޮނުވި މީހުން ދޫކޮށްލައިފި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި! ނިޔާވި އަލްސަންގެ އާއިލާއަށް ރައީސ

ހަކަތައިގެ ސެކްޓަރުން ދޫކުރާ ގްރީންހައުސް ގޭސް (ޖީ.އެޗް.ޖީ) ދުމުގެ މިންވަރު އަންދާޒާކުރުމާބެހޭ ޚާއްސަ ތަމްރީނު ވޯކްޝޮޕެއް ބާއްވައިފިއެވެ.
މޫސުމީ ބަދަލުތަކަށް ކުރިމަތިލުމުގެ ގައުމީ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން، ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ބާއްވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.
މި ތަމްރީނު ވޯކްޝޮޕް ހިންގާފައިވަނީ މޫސުމީ ބަދަލުތައް ހިފެހެއްޓުމާއި އެ ބަދަލުތަކަށް ހޭނުވުމުގެ މަސައްކަތްތަކުގެ ދެފުށްފެނުން އިތުރުކުރުމަށް ރާއްޖޭގެ ޤާބިލުކަން އިތުރުކުރުމުގެ މަޝްރޫޢު (ސީބިޓް މޯލްޑިވްސް ޕްރޮޖެކްޓް) ގެ ދަށުންނެވެ. މި މަޝްރޫޢަށް ފަންޑުކޮށްފައިވަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) އިން ކަމަށާއި، އދ. ގެ ތިމާވެށީގެ ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ތަމްރީނުގެ މައިގަނޑު މަޤްޞަދަކީ، ބައިވެރިންގެ ފަންނީ ހުނަރު އިތުރުކޮށް، ހަކަތައިގެ ސެކްޓަރުން، ޚާއްސަކޮށް ހަރަކާތްނެތް ތަންތަނުން ދޫކުރާ ދުމުގެ މިންގަނޑާއި ދަތުރުފަތުރާ ގުޅޭ ދުމުގެ މިންގަނޑު، ދުނިޔޭގެ މިންގަނޑުތަކާ އެއްގޮތަށް އަންދާޒާކޮށް، މައުލޫމާތު އެއްކޮށް ތައްޔާރުކުރުމުގައި އެހީތެރިވުމެވެ. ބައިވެރިންނަށް އައި.ޕީ.ސީ.ސީ 2006 ގައިޑްލައިންސް އާއި އައި.ޕީ.ސީ.ސީ އިންވެންޓަރީ ސޮފްޓްވެއަރ ބޭނުންކޮށްގެން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު މި ތަމްރީނުގެ ތެރެއިން ލިބިފައިވެއެވެ. މިފަދަ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތަކަކީ ޕެރިސް އެގްރިމަންޓްގެ ތެރެއިން ދެފުށްފެނުން އިތުރުކުރުމުގެ އޮނިގަނޑު (އީ.ޓީ.އެފް) ގެ ދަށުން ރާއްޖެއަށް އޮތް ޒިންމާތަކަށް އެހީތެރިވެ، ދެ އަހަރުން އެއްފަހަރު ހުށަހަޅާ ދެފުށްފެނުން ފެންނަ ރިޕޯޓް (ބީ.ޓީ.އާރު) ތައްޔާރުކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ.
މި ވޯކްޝޮޕް ފަށްޓަވައިދެއްވީ މޫސުމީ ބަދަލުތަކާބެހޭ ޚާއްސަ މަންދޫބު، އަލީ ޝަރީފްއެވެ. އެމަނިކުފާނު ވިދާޅުވީ މި ތަމްރީނުގެ ސަބަބުން މޫސުމީ މައުލޫމާތު ރިޕޯޓްކުރުމުގައި ގައުމީ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށާއި، މިފަދަ ތަމްރީނުތަކުގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށެވެ. ތަމްރީނު ކާމިޔާބުކަމާއެކު ފުރިހަމަކުރި ހުރިހާ ބައިވެރިންނަށް ތަމްރީނުގެ ސެޓްފިކެޓް ވަނީ ދޫކޮށްފައެވެ.
ތަމްރީނުގެ ނިމުމުގެ ރަސްމިއްޔާތުގައި، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް، އިބްރާހީމް މިމްރާޙް ވާހަކަފުޅުދައްކަވަމުން، މޫސުމީ މައުލޫމާތާއި ދެފުށްފެނުން ކަށަވަރުކުރުމުގެ ގައުމީ ނިޒާމް ހަރުދަނާކުރުމަށްޓަކައި މުއައްސަސާގެ ޤާބިލުކަން ބިނާކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ މިފަދަ ތަމްރީނުތަކަކީ ޕެރިސް އެގްރިމަންޓްގެ ތެރެއިން ދެފުށްފެނުން އިތުރުކުރުމުގެ އޮނިގަނޑު (އީ.ޓީ.އެފް) ގެ ދަށުން ރާއްޖެއަށް އޮތް ރިޕޯޓްކުރުމުގެ ޒިންމާތައް ފުއްދުމަށްޓަކައި މުހިއްމު ކަމެއްކަން ފާހަގަކުރައްވާފައެވެ.
މި ތަމްރީނު ހިންގަވައިދެއްވީ ޑިވެލޮޕްމަންޓް އެޑްވައިޒަރީ ސަރވިސަސް (ޑީ.އޭ.އެސް) ޕްރައިވެޓް ލިމިޓެޑްގެ ހެޔޮއެދުންތެރި މުޙައްމަދު ޒައްމާތު ޚަލީލްއެވެ. އެ ބޭފުޅާ މި ތަމްރީނު ހިންގަވައިދެއްވީ ސީބިޓް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ގްރީންހައުސް ގޭސް އިންވެންޓަރީ އެކްސްޕާޓެއްގެ ގޮތުގައެވެ.
މި ތަމްރީނުގައި ޖުމްލަ 22 ބައިވެރިން ބައިވެރިވެފައިވެއެވެ. މި ބައިވެރިންގެ ތެރޭގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ކްލައިމެޓް ޗޭންޖް އަދި އެނަރޖީ ޑިޕާޓްމަންޓްތަކާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (މެކްލް) އާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާއި، މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ އިސްވެރިން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ