ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް އުފައްދަވައިފި
ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި އެވެ.ރައީސް އޮފީހުން މިއަދު ބުނީ ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައި، އެ ތަނަކީ ފޮރިން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ހަމަޖެއްސެވި މަސައްކަތްތައް ބަޔާންކޮށްފައިވެ އެވެ. އަދި މި އިދާރާއަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަން ވެސް ބަޔާންކުރައްވާފައިވެ އެވެ.ރާއްޖެ އާއި ގަތަރާ ދެމެދުގައި ޚާރިޖީ ގުޅުން އެންމެ ފުރަތަމަ ގާއިމުކުރީ މެއި 26، 1984 ގަ އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ގަލްފް ސަރަހައްދުގައި އުފެދިފައިވާ ދެބަސްވުންތަކަށް ފަހު ރާއްޖެއިން އެ ގައުމާއެކު ޚާރިޖީ ގުޅުން ކަނޑާލި އެވެ.އޭގެ ތިން އަހަރު ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާޗު 15، 2021 ގައި ރާއްޖެއިން ވަނީ ގަތަރާ އެކު އަލުން ޚާރިޖީ ގުޅުން ގާއިމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ