ޕެންޝަން ބޯޑުގެ ޗެއާޕާސަނަކަށް އަނެއްކާ ވެސް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އިނާޒް
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް، އެ މަގާމުގައި ކުރިން ވެސް ހުންނެވި، ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހްމަދު އިނާޒް މިއަދު އައްޔަންކުރައްވައިފިއެވެ. ޑރ. އިނާޒް މި މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ޕެންޝަން އޮފީހުން ވަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔައިފައެވެ. އޭނާ މި މަގާމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ 2022ވަނަ އަހަރުގެ ޖޫން މަހުގެ 20ވަނަ ދުވަހުއެވެ. ދެވަނަ ފަހަރަށް މި މަގާމަށް އޭނާ އައްޔަން ކުރެއްވީ ތިން އަހަރުގެ ފުރަތަމަ ދައުރު ނިމުމުން މިއަދުއެވެ. ޕެންޝަން ބޯޑުގެ ޗެއާމަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އެކަމަށް ޚާއްސަ ކޮމިޓީއަކުން ހޮވުމަށް ފަހު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ނަންތައް ފާސްކުރާނެއެވެ. މި އޮތޯރިޓީން ފާސްކުރާ ނަންތަކުގެ ތެރެއިން މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި: އިގްތިސާދީނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ތައުލީމު ހާސިލުކޮށްފައިވުން ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ޑރ. އިނާޒް ފިނޭންސް މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ