ހއ. އިހަވަންދޫގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރަނީ
ސަރުކާރުން އަލަށް އިސްލާމީ މަރުކަޒު އިމާރާތް ކުރާ ހަތަރު ރަށުގެ ތެރޭގައި ހއ. އިހަވަންދޫ ހިމެނިއްޖެ އެވެ. ސަރުކާރުން މިއަދު ވަނީ ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފަ އެވެ. އެހެންކަމުން އެ މަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް މިއަދު ވަނީ ހުޅުވާލާފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުތައް ކުރިއަށް ގެންދާނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލުގެ އިތުރުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުންނެވެ.މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500ރ. ގެ ނިން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށާއި އެ ފައިސާ ބަލައިގަންނާނީ މިމަހުގެ 30 އިން އަންނަ މަހުގެ 15 އަށް ބަންޑޭރި ޕޯޓަލުން ކަމަށެވެ.އެކަމަށް އެދި ބިޑު ހުށަހެޅޭނީ ބީލަން ޕޯޓަލުން އަންނަ މަހުގެ 16 ގެ މެންދުރު 2:00 ގެ ކުރިންނެވެ. އަދި ބިޑު ހުޅުވުން އޮތީ ޖުލައި 17 ގެ މެންދުރު 11:00 ގަ އެވެ.އިސްލާމީ މަރުކަޒާއި މިސްކިތް އިމާރާތްކުރާ ރަށާއި ބިޑް ސެކިއުރިޓީ:ށ. ފުނަދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް - 102،000 ރުފިޔާހއ. އިހަވަންދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް - 102،000 ރުފިޔާޅ. ނައިފަރު އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް - 126،000 ރުފިޔާގއ. ވިލިނގިލި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް - 102،000 ރުފިޔާރ. މީދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 59،000 ރުފިޔާކ. ގުޅީ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 59،000 ރުފިޔާގދ. ނަޑެއްލާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 40،000 ރުފިޔާގދ. މަޑަވެލި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 61،000 ރުފިޔާގދ. ހޯނޑެއްދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 58،000 ރުފިޔާގދ. ފަރެސްމާތޮޑާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 61،000 ރުފިޔާފ. ފީލައީ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 58،000 ރުފިޔާދ. ރިނބިދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 65،000 ރުފިޔާއދ. ފެންފުށި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 40،000 ރުފިޔާއއ. މަތިވެރި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް - 102،000 ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ