އައްޑޫ ހަންކެޑެ، ހަލާލު ޓޫރިޒަމަށް ތަރައްގީކުރާ ރަށްތަކުގެ ލިސްޓަށް
ރާއްޖޭގައި ހަލާލް ޓޫރިޒަމް ތައާރަފް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އައްޑޫ ސިޓީގެ ހަންކެޑެ ހަލާލް ޓޫރިޒަމް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.ފަތުރުވެރިކަން ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ހަލާލް ޓޫރިޒަމް ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، ހަންކެޑެއިގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. މި ނިންމެވުމާ ގުޅިގެން އެ މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.އައްޑޫ ސިޓީގެ ހަންކެޑެގައި ތަރައްގީ ކުރެވިގެންދާ ހަލާލް ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތު ކުރުމަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށް ސަރުކާރުން ދެކެ އެވެ. އަދި އެގޮތަށް ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިޞާދީ ދުވެލި ހަލުވިވެގެންދާނެ ކަމަށްވެސް ސަރުކާރުން ދެކެ އެވެ.ހަންކެޑެގައި ޓޫރިޒަމް ތަރައްގީކުރުމަށްޓަކައި ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިންގާ މިސަރުކާރުން ވަނީ އޭޕްރީލް 16، 2024 ގައި އަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ