މެއި މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 97 މައްސަލަ، 60 މައްސަލައެއް ރިޕޯޓުކުރީ އެ ކުދިން

މިދިޔަ މެއި މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 97 މައްސަލައެއް ހުށަހަޅާފައިވާއިރު 60 ކުއްޖަކު އަމިއްލައަށް ގުޅައި، މައްސަލަ ހުށަހަޅާފައިވާކަން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް އާންމުއިރު، އެކަން ހުށަހެޅުމަށް މިނިސްޓްރީން ވަނީ ހޮޓްލައިންތައް ވެސް ތައާރަފުކޮށްފައެވެ. އެކަމަކު، ހިސާބުތަކަށް ބަލާއިރު ކޮންމެ މަހަކުހެން ގިނަ އަދަދަކަށް ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް މިނިސްޓްރީއަށް ރިޕޯޓުކުރެއެވެ. އެ މައްސަލައަށް އެދެވޭ ހައްލެއް މިހާތަނަށް ލިބިފައި ނެތްއިރު، މިދިޔަ މެއި މަހު އެކަނި ވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ ސަތޭކައެއްހާ މައްސަލަ ހުށަހެޅިއެވެ. އޭގެ ތެރޭގައި، ގިނައީ އިހުމާލުގެ މައްސަލަތައް ކަމަށްވާއިރު އެބާވަތުގެ 23 މައްސަލަ އެއް އެކަމހު އެކަނި ރިޕޯޓުކުރިއެވެ. ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ފުނަދޫގައި ހަވީރު ބޭއްވި ހަރަކާތެއްގެ ތެރެއިން: މެއި މަހު 60 މައްސަލަ ރިޕޯޓުކުރީ ކުޑަކުދިން އަމިއްލައަށް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް މީގެ އިތުރަށް، ޖިސްމާނީ އަނިޔާގެ 22 މައްސަލައެއް މެއި މަހު ހުށަހެޅިއިރު ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން 16 މީހަކު މައްސަލަ ރިޕޯޓުކުރިއެވެ. ގެވެށި އަނިޔާކުރާ މަންޒަރު ކުޑަކުދިންނަށް ފެނުން ނުވަތަ ދެއްކުމުގެ މައްސަލަތައް ވެސް އެ މަހުވަނީ މިނިސްޓްރީއަށް ރިޕޯޓުކޮށްފައެވެ. ހިސާބުތަކުން އެނގޭ ގޮތުން، އެ ބާވަތުގެ 12 މައްސަލައެއް ރިޕޯޓުކުރިއެވެ. ރޭޕް ކުރުމާއި ޖިންސީ އަނިޔާއާއި ދެކޮޅައް މާލޭގައި ކުރިއަށް ގެންދިޔަ ހިގާލުމުގެ ތެރެއިން: މެއި މަހު 60 މައްސަލަ ރިޕޯޓުކުރީ ކުޑަކުދިން އަމިއްލައަށް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް އެހެން ކުދިންގެ ފަރާތުން ގަނާ ކުރުމުގެ ހަ މައްސަލައަކާއި ބްލެކްމެއިލް ކުރުމުގެ ހަތަރު މައްސަލައެއް އެ މަހު ހުށަހަޅާފައިވެއެވެ. އަދި، އާއިލީ 38 މައްސަލައެއް ހުށަހަޅާފައިވެއެވެ. އެފަދަ މައްސަލަތައް ރިޕޯޓުކުރި ނިސްބަތަށް ބަލާއިރު، ގިނަ މައްސަލަތައް ހުށަހަޅާފައި ހުރީ ބޮޑު މީހަކު ގުޅައިގެނެވެ. އެގޮތުން، 12،55 މީހުން ކުޑަކުދިންނާ ގުޅޭ މައްސަލަތައް ހުށަހެޅިއިރު 60 ކުދިން އަމިއްލައަށް މިނިސްޓްރީއަށް ގުޅައިގެން މައްސަލަ ރިޕޯޓުކުރިއެވެ. ކާކުކަން ނޭނގޭ ގޮތަށް މައްސަލަތައް ރިޕޯޓުކުރީ 449 މީހެކެވެ. ފާހަގަކުރެވޭ ގޮތުގައި، ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައިން އާންމުކޮށް ހުށަހަޅަނީ ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ކަމަށް ހިސާބުތަކުން ދައްކައެވެ. އެފަދަ ހުތުރު އަމަލުކޮށް، ހުކުމް ތަންފީޒުކުރާ މީހުންގެ ވަނަވަރު މިހާރު ވަނީ އާންމުކުރަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ