ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ހއ. ދިއްދޫއަށް ވަޑައިގަތުމުން އެ ރަށުގައި މުޒާހަރާކުރަން ފަށައިފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއް ސަމަދު ވިދާޅުވީ މިނިސްޓަރު އުމަރު މިއަދު ދިއްދޫއަށް ވަޑައިގަތީ އެލްޖީއޭގެ ފަރާތަން އެރަށުގައި ބާއްވާ "މަންސާ" ކިޔާ މަހާސިންތާގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ. އަދި މިވަގުތު މަހާސިންތާ ފެށިގެން ކުރިއަށްދާ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު މިއަދު ދިއްދޫއަށް ވަޑައިގަތުމާއެކު ރައްޔިތުންގެ ބަޔަކު ވަނީ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާއަށް ގޮވައި މުޒާހަރާކުރަން ފަށައިފަ އެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ މިނިސްޓަރު އުމަރުގެ ފަހަތުން އިސްތިއުފާއަށް ގޮވަމުން ހިނގައިފަ އެވެ. މުޒާހަރާކުރާ ފަރާތްތަކުން ގޮވަމުން ދަނީ ކުރިގެ ރައިސް މުހައްމަދު ނަޝީދާއި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށެވެ.
ދިއްދޫއަކީ އެމްޑީޕީ އާއި ރައީސް ނަޝީދުގެ ސަޕޯޓަރުން ވަރަށް ގިނަ ރަށެކެވެ.
އުމަރު ދިއްދޫއަށް ވަޑައިގަތުމުން މުޒާހަރާކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ