ހަވީރު 6:00ގެ ފަހުން ކެމްޕޭން ނުކުރެވޭނެ!

މިއަދު ހަވީރު 6:00ގެ ފަހުން ކެމްޕޭން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ލިބޭފަދަ ނުވަތަ ތާއީދު ކުޑަވާފަދަ ނުވަތަ އިންތިހާބަށް އެއްވެސް އަސަރެއް ފޯރާފަދަ އަމަލެއް މިއަދު ހަވީރު 6:00އިން ފެށިގެން ހޯމަ ދުވަހުގެ ހެނދުނު 6:00އާ ދެމެދު ނުހިންގުމަށެވެ.
އިންތިހާބާ ބެހޭ ގާނޫނު ބުނާ ގޮތުން ވެސް އިންތިހާބު އޮންނަ ދުވަހުގެ ކުރީދުވަހު ހަވީރު 6:00އާއި ހަމައިން ކެމްޕެއިން ހުއްޓާލަން ޖެހޭނެއެވެ. އޭގެ ފަހުން އެއްވެސް ވިއުގައެއް ބޭނުންކޮށް، ކެމްޕޭން ކުރުމަކީވެސް ގާނޫނީ ގޮތުން މަނާ ކަމެކެވެ. އޭގެ ތެރޭގައި ލަވަ ޖެހުމާއި، ދިދަ ދެމުމާއި، މީސްމީޑިއާގެ ކެމްޕެއިން ހަރަކާތްތައް ވެސް ހިމެނެއެވެ.
މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި އިދިކޮޅު އިއްތިހާދުގެ ފަރާތުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ