ސިޔާސީ މައްސަލަތަކުގައި މުވައްޒަފުން ވަކި ކުރަމުންދާ ނަމަ އުދެފޭނީ އިންގިލާބެއް ކަމަށާއި ރައްޔިތުންނާއެކު އިދިކޮޅު އެމްޑީޕީ އޮންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
"ވަޒީފާ ބުރާސްފަތި" ގެ ނަމުގައި އެމްޑީޕީ އިން ބޭއްވި މުޒާހަރާގައި ވާހަަކަ ދައްކަވުން ނަޝީދު ވިދާޅުވީ، ވަޒީފާ އަދާ ކުރާ އެންމެންނާއެކު އަދި ރާއްޖޭގެ ރައްޔިތުންނާއެކު އެމްޑީޕީ އަބަދުވެސް އޮންނާނެ ކަމަށެވެ.
"ރައީސް ޑރ. މުއިއްޒަށް އެނގިވަޑައިގަންނަވަންވީ އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންގިލާބެއްގެ މަސައްކަތް. ރާއްޖޭގެ ރައްޔިތުން އިންގިލާބަށް ނިކުންނާނެ. އެ ރައްޔިތުން، އެ މީހުންގެ ހައްގުގައި އަދާކުރަން ޖެހޭ ހުރިހާ ވާޖިބެއް އަދާކުރަމުންދާނެ. އެމްޑީޕީ އެމީހުންނާ އެކީގައި، ރާއްޖޭގެ ރައްޔިތުންނާ އެކުގައި ތިބޭނެ،" ނަޝީދު ވިދާޅުވި އެވެ.
މިރޭގެ މުޒާހަރާގައި 700 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ެ ސަރަހައްދުގައި ހަރަކާތްތެރިވި އަދަދު ގެ ނޫސްވެރިންގެ ވަނީ ބުނެފަ އެވެ. މިއީ މިފަހުން މާލޭގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ.
މިރޭގެ މުޒާހަރާގައި ރާވާފައި އޮތީ ރަސްފަންނުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް މަޖީދީ މަގުން ހިނގުމަށެވެ. އެކަމަކު ފުލުހުން މުޒާހަރާއަށް ހުރަސް އެޅުމުން މުޒާހަރާ ދިޔައީ އަމީނީ މަގުންނެވެ.
މިއަދުގެ މުޒާހަރާގެ ކުރިން ގިނަ އަދަދެއްގެ ފުލުހުން ވަނީ މާލެ ތެރެއަށް ނެރެފަ އެވެ. އަދި މާލޭގެ ބައެއް ސަރަހައްދުތައް ބަންދު ކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މުޒާހަރާގެ ކުރިން ބުދަ ދުވަހުގެ ރޭ "ސަންގު ޓީވީ" ގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ސުލްހަވެރި މުޒާހަރާއަށް ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.
"އެއްވެ އުޅުމުގެ ގާނޫނެއް އެބަ އޮތް. އެ ގާނޫނު އަޅުގަނޑު ދެކޭ ގޮތުގައި މައިގަނޑު ގޮތެއްގައި ގާނޫނުއަސާސީއާ ހިލާފު ކިތަންމެ ކަންކަމެއް އެ ގާނޫނުގައި އެބަހުރި. އެހެންނަމަވެސް އެ ގާނޫނު ވެސް އެބަ ޖާގަ ދޭ އެއްވާން. އެއްވުން މަނައެއް ނުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.
މުއިއްޒު އެ އުފައްދަވަނީ އިންގިލާބެއް، އެމްޑީޕީ އޮންނާނީ ރައްޔިތުންނާއެކު: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ