ސައުތް އޭޝިއާ ސްޕީޑް ސްކޭޓިން ޗެމްޕިއަންޝިޕުގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް

ކުރިއަށްއޮތް ސައުތް އޭޝިއާ ސްޕީޑް ސްކޭޓިން ޗެމްޕިއަންޝިޕުގެ މީޑިއާ ޕާޓްނަރަކަށް ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެކަމަށްޓަކައި ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސައުތް އޭޝިއާ ސްޕީޑް ސްކޭޓިން ޗެމްޕިއަންޝިޕު 2026 އޮންނާނީ މިމަހުގެ 18 އިން 20އަށެވެ.
ޕީއެސްއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު ސަޢީދެވެ. އަދި މި މުބާރާތް އިންތިޒާމުކުރާ ސްކޭޓް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ މާކެޓިން ކޮމިޝަން ޕްރެޒިޑެންޓް މުޙައްމަދު ޝާވިންއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން މުޙައްމަދު ޝާމިން ވިދާޅުވީ، މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ޕީއެސްއެމްއާއެކު ސޮއިކުރެވުމަކީ ލިބޭ ފަޚުރެއްކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައިވެސް ޕީއެސްއެމްއާއެކު މުހިންމު މަސައްކަތްތަކެއް ކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
"ރާއްޖޭގެ އެންމެ ބޮޑު ޓީވީ ޗެނަލް، އަޅުގަނޑުމެންގެ މިފަހަރުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖެހިގެންދިއުމަކީ އަޅުގަނޑުމެންނަށްލިބޭ ވަރަށް ބޮޑު ފަޚުރެއް. އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށްއޮތްތަނުގައިވެސް އަޅުގަނޑުމެންނަށް ޕީއެސްއެމްއާއެކު މުހިންމު މަސައްކައްކަތްތަކެއް ކުރެވިގެންދާނެކަމަށެވެ." ޝާވިން ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން މުބާރާތާ ގުޅުންހުރި މައުލޫމާތު ޕީއެސްއެމްގެ ކުޅިވަރު ޚަބަރު ގަޑިތަކާއި، ވެބްސައިޓު މެދުވެރިކޮށް ތާޒާކަމާއެކު ބެލުންތެރިންނާއި ކިޔުންތެރިން އަދި އެހުންތެރިންނާ ހަމައަށް ގެނެސްދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ