ހުލާސާކޮށް އިއްޔެ: ޒުވާނުންގެ ޑިމާންޑަށް ގޮންޖައްސަވައި އަމީން އާއި އިހުސާން އިސްތިއުފާ ނުދެއްވި ހުލާސާކޮށް އިއްޔެ: ޒުވާނުންގެ ޑިމާންޑަށް ގޮންޖައްސަވައި އަމީން އާއި އިހުސާން އިސްތިއުފާ ނުދެއްވި

މުޒާހަރާކުރާ ޒުވާނުންގެ ޑިމާންޑާ އެއްގޮތަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާ ދެއްވި ނަމަވެސް، ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އަދި ހޯމްލޭންޑު ސެކިއުރިޓީ މިިނިސްޓަރުގެ އަލީ އިހުސާން އިސްތިއުފާ ނުދެއްވައި، މަގާމުގައި ދެމި ތިއްބެވުމަށް ވަނީ ނިންމަވައިފަ އެވެ.
ޒުވާނުން މުޒާހަރާކުރަން ފަށައި ވެރިންގެ އިސްތިއުފާ އަށް ގޮވަން ފެށީ، އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު ހ. ފެންޓެނޯއީ އިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު މައްސަލައިގެ ތަހުގީގާމެދު ހިތްހަމަ ނުޖެހިގެންނެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ޒުވާނުން މުޒާހަރާ ކުރަން ފެށުމާއެކު، ޔުމްނު ވެއްޓުނު މައްސަލައި ސީސީޓީވީ ފުޓޭޖުތައް އާންމުކޮށް ދައްކައި، ޔުމްނުއާއެކުގައި އުޅުނު ރައުދު އަަހުމަދު ޒިލާލް 21، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، އަދި ވެއްޓުނު ހާދިސާގެ ކުރިން އެ ގްރޫޕު އެންމެން ޕާޓީކުރި ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވެ އެވެ.
ޕާޓީކުރިކަމަށް ތުހުމަތުކޮށް ވަނަވަރު އާންމުކުރި ޒުވާނުން ފުރުން މަނާކޮށް، އެ މީހުންގެ ފޯނުތައް ވަނީ ތަހުގީގަށް އަތުލައިފަ އެވެ.
ފުރުން މަނާކޮށް، ތަހުގީގަށް ފޯނު އަތުލާފައިވާ މީހުންގެ ތެރޭގައި މިނިސްޓަރު އަމީންގެ އާއިލީ ބަޔަކު ހިމެނެ އެވެ. އެ ރޭ، އެ މީހުން ފުރަތަމަ ޕާޓީކުރީ މިނިސްޓަރު އަމީން ދިރިއުޅޭގެ، ގ. މާންދޫގޭ ދެކުނުބައިގަ އެވެ.
މާންދޫގޭގެ ދެކުނު ބައިގެ ބައެއް އެޕާޓްމެންޓުތައް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލަމުން ދިޔަ ވަގުތު، އަމީން، ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުއަށް އަދި ހޯމް މިނިސްޓަރު އިހުސާން އަށް ގުޅުވިކަން ވަނީ ފަޅައިއަރައިފަ އެވެ.
މިފަދަ ސަބަބުތައް ހުރުމާއެކު ޔުމްނު ވެއްޓުނު މައްސަލައާ އެކަމާ ގުޅޭ އެހެން ތަހުގީގުތަކަށް އަމީން ނުފޫޒު ފޯރުވަން އުޅޭ ކަމަށް، ތުހުމަތުކޮށް އޭނާ މަގާމުން އިސްތިއުފާ ދިނުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވަމުންނެވެ.
އެކަމާ ގުޅިގެން އަދަދު ނޫހުން އިއްޔެ ސުވާލުކުރުމުން މިނިސްޓަރު އަމީން ވިދާޅުވީ ޔުމްނު ވެއްޓުނު މައްސަލަ އާއި އަދި އެކަމާ ގުޅުން ހުރި ކަމަށް ބެލެވޭ އެހެން ކަމަކާ ވެސް އޭނާއާ ގުޅުމެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުގެ އެއްވެސް ކަމެއް ނެތް ކަމެއްގަ، އެހެން ބަޔަކު އިސްތިއުފާ ދޭށޭ ބުންޏަސް، ވިސްނާލަން ޖެހޭ ކަންތައްތައް ދެއްތޯ ތި ހުންނަނީ. ނުވެސް ވިސްނަން ތިކަމަކާ ދޭތެރޭގައެއް. ދެއާ އިސް ނޮން އޮފް މައި އިންވޯލްމަންޓު" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ އިސްތިއުފާދޭން ޖެހޭވަރުގެ ކަމެއް ހިނގައިގެން އުޅޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު އަނެއްހެން ގަބޫލެއް ނުކުރަން އަޅުގަނޑު އިސްތިއުފާދޭން ޖެހޭ ވަރު ކަމެއް ވެގެން އުޅޭ ކަމަކަށެއް. ހާއްސަކޮށް މި ކޭސްއާ ގުޅިގެން އަޅުގަނޑު ގަބޫލެއް ނުކުރަން. އެބޭފުޅުން އިސްތިއުފާއަށް ގޮވަނީތާ. އެކަމު ކޮން ކަމެއް ވެގެންކަން އިސްތިއުފާދޭން ޖެހެނީ. އޭގެ ރީޒަނަބަލް ޖަސްޓިފިކޭޝަނެއް އަދިޔެއް ދީފައެއް ނެތް،" އިހުސާން ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާ ޒުވާނުން ގޮވާލާފައި ވަނިކޮށް އޭނާ އިއްޔެ އިސްތިއުފާ ދެއްވުމުން ފުރަތަމަ އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.
ނަމަވެސް އޭނާ އަށް ފާޑުކިޔުން އަމާޒުވުމުން، ފަރުހާދު ވަކިކޮށް އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އެވެ.
27 އޭޕްރިލް 2025, 29 ޝައްވާލް 1446, އާދީއްތަ | ނަކަތް: ބުރުނު
- ވިއްސާރަ ކުރުމާއެކު ގުގުރާނެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ.
- ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން، އުތުރުގެ އަތޮޅުތަކަށް 5 މޭލާއި 15 މޭލަށް. މެދުރާއްޖެތެރޭގެ އާއި ދެކުނުގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލަށް. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ.
- އތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ. މެދުރާއްޖެތެރެ އާއި ދެކުނު އަތޮޅުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ
- އުތުރުގައި ރާޅުގެ އުސްމިން ހުންނާނީ 2-5 ފޫޓުގައި، އެހެން ސަރަހައްދުތަކުގައި 4-6 ފޫޓުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ