ޝޯޔޯރެޑްސް ލޯކަލް ފޮޓޯ މުބާރާތުގެ ނަސީބުވެރިން މިރޭގެ މެޗުބަލަން ލިވަޕޫލުގައި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ލިވަޕޫލް ފުޓުބޯޅަ ކުލަބުގެ ރާއްޖޭގެ ސަޕޯޓަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޝޯޔޯރެޑްސްލޯކަލް ފޮޓޯ މުބާރާތުގެ ނަސީބުވެރިން ލިވަޕޫލަށް ގޮސްފިއެވެ. މި މުބާރާތުގެ ނަސީބުވެރިންނަށް ހޮވުނީ، އަލީ ޝަހުދުއާއި އަބްދުﷲ އަހްނަފެވެ. ލިވަޕޫލް އެފްސީއާއި ޓޮޓެންހަމް ބައްދަލުކުރާ މެޗު ބެލުމަށް އެމީހުން ދަތުރު ފެށީ ހުކުރު ދުވަހުއެވެ. މިމަހުގެ 13އިން 20 ވަނަ ދުވަހުގެ ނިޔަލަށް ހަމައެކަނި ދިވެހީންނަށް ޚާއްސަކޮށްގެން، އެމްއެމްޕީއާރުސީން ތައާރަފުކުރި މި މުބާރާތުގައި އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓްވިޓާގައި ފޮޓޯތައް ބޭނުންކޮށްގެން ލިވަޕޫލަށް އޮތް ލޯބި ހިއްސާކުރުމަށް ފުރުސަތު ދިނެވެ. މި މުބާރާތުގައި ބައިވެރިވީ، އެ ފޮޓޯތަކުގައި ރަސްމީ އެލްއެފްސީ ގިއާ، ފޭސްޕެއިންޓް ނުވަތަ ހަނދާންތައް ދައްކާލައި، ޝޯޔޯރެޑްސްލޯކަލް ހޭޝްޓެގް ބޭނުންކޮށްގެން އެމްއެމްޕީއާރުސީއާއި ލިވަޕޫލް އެފްސީގެ ރަސްމީ ޕޭޖުތަކަށް ޓެގުކޮށްގެނެވެ. އެމްއެމްޕީއާރުސީން ބުނީ، މިއީ އުފެއްދުންތެރިކަމާއި ޖޯޝާއި އިޖުތިމާއީ ބައިވެރިވުމަށް ބާރު އެޅުމުގެ މަގުސަދުގައި ބޭއްވި މުބާރާތެއް ކަމަށެވެ. އެގޮތުން، މުބާރާތުގެ ނަސީބުވެރިން ހޮވީ، ފޮޓޯ ކޮލިޓީއާއި އޮރިޖިނަލިޓީއާއި ފޭން ސްކްރިޕްޓްގެ ޑިސްޕްލޭއަށް ބަލައިގެން ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ. މިއީ ލިވަޕޫލް އެފްސީއާއެކު އެމްއެމްޕީއާރުސީން ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާ ޕާޓްނާޝިޕުގެ ދަށުން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މި ޕާޓްނާޝިޕް އިއުލާނުކުރިފަހުން، އެންމެ ހަފުތާއެއް ތެރޭ ސޯ80 މިލިއަނަށް ވުރެ ބޮޑު ރީޗެއް ސޯޝަލްމީޑިއާގައި ހޯދާފައިވާ ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ