އިނާމެއްގެ
ގޮތުގައި ހޮންޑާ އެއާބްލޭޑްގެ އެންމެ ފަހުގެ ސައިކަލަކާ އެކު ދިވެހި އިންޝުއަރެންސްގެ
މޮޓޯ ކޮމްޕްރިހެންސިވް ޕޮލިސީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ވީ ކިހިނެއް؟
- ރޯދަމަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަންގައި ދިވެހި އިންޝުއަރެންސްގެ މޮޓޯ ކޮމްޕްރިހެންސިވް
އިންޝުއަރެންސް ޕޮލިސީ ނަގައިގެން ނުވަތަ މި ޕްރޮމޯޝަނާ ގުޅޭ ސޯޝަލް މީޑިއާ ޕޯސްޓު ލައިކްކޮށް، ޝެއާކޮށްގެން ވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
އެގޮތުން:
މޮޓޯ ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕޮލިސީއެއް ނެގުމުން 10 އެންޓްރީގެ ގޮތުގައި ލަކީޑްރޯގައި ބައިވެރިވެވޭނެ
ސޯޝަލް މީޑިއާ ޕޯސްޓު ލައިކްކޮށް، ޝެއާ ކުރުމުން ލަކީޑްރޯގައި ބައިވެރިވެވޭނީ 1 އެންޓްރީގެ ގޮތުގައި
ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އެކްސްޕާޓް މޮޓޯސްއިން ހުށަހަޅާފައިވާ ހޮންޑާ އެއާބްލޭޑް 125ގެ އެންމެ ފަހުގެ ސައިކަލެއް
ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައި، އިއުލާންކުރާނީ 30 އޭޕްރީލް 2025ގައި
މި ޕްރޮމޯޝަނާ ގުޅޭ ސޯޝަލް މީޑިއާ ޕޯސްޓުތައް ދިވެހި އިންޝުއަރެންސްގެ ފޭސްބުކް، އަދި އިންސްޓަގްރާމް އެކައުންޓުން ހިއްސާކުރާނެ އެވެ.
ގިނަ މީހުން ބޭނުންކުރަނީ ގަވާއިދުގައި ލާޒިމްކޮށްފައި އޮންނަ ތާޑް ޕާޓީ އިންޝުއަރެންސް އެވެ. ނަމަވެސް އެ ޕްލޭންއާ އަޅާބަލާއިރު މޮޓޯ
ކޮމްޕްރިހެންސިވް އިންޝުއަރެންސްއަކީ އެކްސިޑެންޓު ފަދަ ކަންކަން ދިމާވާ ހާލަތްތަކުގައި
މާ ފުރިހަމައަށް އަދި އަމިއްލަ އުޅަނދާއި ހަށިގަނޑަށް ލިބޭ ގެއްލުމުގެ ބަދަލުގެ ހޯދައިދޭ ޕްލޭނެކެވެ.
ޕްލޭނަށް އެދޭނެ ގޮތް
އުޅަނދުގެ
ރަޖިސްޓްރީގެ ކޮޕީ، ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީ އަދި އުޅަނދުގެ ފޮޓޯއެއް ދިވެހި އިންޝުއަރެންސްގެ ވެބްސައިޓު މެދުވެރިކޮށް ހިއްސާކުރުމުން ކޯޓޭޝަނެއް ލިބޭނެ އެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް ([email protected])އަށް ވެސް ރިކުއެސްޓު ފޮނުވާލެވޭނެ އެވެ. އަދި އިތުރު މައުލޫމާތު 3007799 އަށް ގުޅާލުމުން ލިބޭނެ އެވެ.
ދިވެހި އިންޝުއަރެންސްގެ މޮޓޯ ކޮމްޕްރިހެންސިވްއާ އެކު އެއާބްލޭޑެއް ލިބިދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ