4 ޖޯޑު ރާނބާ ފަތް
½ ޖޯޑު ކާށި ބޯ ކިރު
2 މޭޒުމަތީ ސަމުސާ ރޯ ކިރު
1 ޖޯޑު ފުށް
2 ½ ސައިސަމުސާ ބޭކިން ޕައުޑަރު
3 ބިސް
½ ޖޯޑު ހަކުރު
އެންމެ ފުރަތަމަ ރާނބާފަތްކޮޅާއި ކާށި ކިރު މިކްސަރަށް އަޅާފައި ގިރާލާށެވެ. އަދި އެއަށް ފަހު ފުރާނާލާށެވެ.
ދެން ބިހާއި ހަކުރާއި ކިރު އަދި ތެޔޮ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ބޭކިން ޕައުޑަރާއި ފުށް މަދުމަދުން އަޅަމުން އެއްކުރަމުން ގެންދާށެވެ. އަދި މީގެ ތެރެއަށް ކުރިން ތައްޔާރު ކުރި ރާނބާފަތު ކިރުކޮޅު ވެސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ޓްރޭގައި ބޭކިން ޕޭޕާއެއް އެޅުމަށް ފަހު 160 ޑިގްރީގައި 25 މިނެޓް ފިހެލާށެވެ.
ފަސޭހަ ރެސިޕީ: ރާނބާފަތު ކޭކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ