ތަނަވަސްކަމަށް އެދިގެން ދުޢާކުރާނަމަ މިމަގުން ދުޢާކުރާށެވެ! ޢިޖާބަ ކުރައްވަވާނެތެވެ! އިން ޝާ ﷲ: ޢުމަރު ސުލައިމާން

ވަރަށް ގިނަ ބައަކު ތަނަވަސްކަމަށް އެދިގެން ދުޢާކުރެއެވެ. އަދި ތަނަވަސްކަމަށް އެދިގެން ކުރާނެ ދުޢާއަކަށްވެސް ގިނަ ބައަކު އެދެއެވެ. އެެހންވެ ބުނެލަމެވެ.  
ތަނަވަސްކަމަށް އެދިގެން ދުޢާކުރުމަކީ މައްސަލައެއް ނޫނެވެ. އެމީހެއްގެ ބަހުންވެސް ދުޢާކުރަންވީއެވެ. ވިސްނަންވީ 2 ކަމަކަށެވެ. ފުރަތަމަ ކަމަކީ މިލިއަނަރަށްވުން އެދިގެން ދުޢާކުރުމުގެ ބަދަލުގައި ޙާޖަތްތައް ފުއްދައިލެވޭވަރަށް ދެއްވެވުން އެދިގެން ދުޢާކުރާށެވެ! ދެވަނަ ކަމަކީ ދެއްވަވާ ރިޒުޤްގައި ބަރަކާތް ލެއްވެވުން އެދިގެންވެސް ދުޢާކުރާށެވެ!  
މިޘާލަކަށް!: 
"ޔާ ﷲ! މިއަޅާއަށް ކުރިމަތިވެފައިވާ ދަތިޙާލުން މިންޖުވާނޭ މަގެއް ދައްވަވާނދޭވެ!" ނޫންނަމަ "ޔާ ﷲ! މިއަޅާއަށް ކުރިމަތިވެފައިވާ ދަތިޙާލުން މިންޖުކޮށްދެއްވަވާނދޭވެ!" މިއިން ކޮންމެ ޢިބާރާތަކުން ދުޢާކުރިނަމަވެސް ފަހަތަށް މިފަދައިން އިތުރުކޮށްލާށެވެ! "ޔާ ﷲ! މިއަޅާޢަށް ދެއްވަވާ ރިޒުޤުގައި ބަރަކާތް ލައްވަވާނދޭވެ!" އާމީން.  
ﷲ ތަޢާލާއީ ދީލަތިވަންތަ ރަސްކަލާނގެއެވެ. ދުޢާގައި އެދުނު ވަރަށްވުރެ މާގިނައިން ދެއްވަވާނެތެވެ. އިން ޝާ ﷲ
 
- ޢުމަރު ސުލައިމާންގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ