ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ސިޔާސީ ހުރިހާ ލީޑަރުންނަށް ވެސް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށް ދީފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އޮތް ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިއަދު އޮތް ބައްދަލްވުމަކީ ދަ ޑިމޮކްރެޓްސްގެ މެންބަރުން އަލުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅުމަށް ގަރާރެއް ފާސް ކުރުމަށް ބޭއްވި ބައްދަލްވުމެކެވެ.
އެ ގަރާރުގެ ބަހުސްގައި މެންބަރުންގެ މެދުގައި ދެ ކަފި ހިޔާލުތައް ހުއްޓެވެ. ބައެއް މެންބަރުން އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދާ ވާހަކަ ދެއްކި އެވެ. އަދި މިދިޔަ މުއްދަތުގައި އެމްޑީޕީއާއެކު ކުރެވުނު މަސައްކަތުން ގައުމަށް ގެނެވުނު ހެޔޮ ބަދަލެއް ނެތް ކަމަށް ބުނެ ވާހަކަ ދެއްކި އެވެ.
އެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ފާހަގަ ކުރެއްވީ މިއަދު ގައުމުގައި އޮތް ހަމަޖެހުމެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ކުރެވުނު މަސައްކަތްތަކުން ހޯދުނު ބޮޑު ކާމިޔާބެއް ކަަމަށެވެ.
ރައީސް މުއިއްޒު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު --
ރައީސް ނަޝީދު ވިދާޅުުވީ ސިޔާސީ ލީޑަރުންނަށް ބިރު ދައްކާ އެ ބޭފުޅުން ހަައްޔަރު ކުރާ މަންޒަރު މިއަދު ނުފެންނަ ކަމަށެވެ. އަދި މިނިވަންކަމާއެކު ހުރިހާ ލީޑަރުންނަށް ވެސް ސިޔާސީ މަސައްކަތް ކުރެވެން އެބަ އޮތް ކަަމަށް ވިދާޅުވި އެވެ. އެއީ ރާއްޖެއަށް އައިސްފައިވާ ހެޔޮ ބަދަލެއް ކަމުގައި ވިދާޅުވި އެވެ.
ނިމިގެންދިޔަ ރައީސް ސޯލިހްގެ ވެރިކަމުގައި ރައީސް ޔާމީން ހުންނެވީ ޖަލު ބަންދުގަ އެވެ. މުޅި ދައުރުގެ ބޮޑު ބައި އެމަނިކުފާނު ހޭދަ ކުރެެއްވީ ޖަލުގަ އެވެ. ރިޔާސީ އިންތިހާބު ގައި ވެސް ވާދަ ކުރުމުގެ ފުުރުސަތު ލިބިވަޑައިނުގަތެވެ.
އޭގެ ކުރީން ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް ނަޝީދާއި ގާސިމް އިބްރާހިމާއި ކާނަލް ނާޒިމްއާ އެ ނޫން ވެސް އެތައް ސިޔާސީ ލީޑަރުންނެއް އަދި ފަނޑިޔާރުންނާއި އެތައް އެކްޓިވިސްޓުންނެއް ޖަލުގައި ބަންދުކުރި އެވެ.
މިވެރިކަމުގައި ސިޔާސީ ހަމަޖެހުން ގެނެސްދީފި، ލީޑަރުން ހައްޔަރުކޮށް ބިރެއް ނުދައްކާ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ